ނިލަންދޫ ރައްޔިތެއްގެ އަސަރުގަދަ ސިޓީއެއް ރަށު ކައުންސިލަށް

ޢީދު މިސްކިތް މަގުގައި ހުރި ޖަންކްްޝަނަކުން ނަޖިސް އަހަރަނީ

ނިލަންދޫގެ ކަންކަން ގޮސްފައިވާ ޙާލަތާއި، އެކަންކަމުގައި ރަށު ކައުންސިލުން ޢަމަލު ކުރަމުންދާ ގޮތާއި، ރަށު ކައުންސިލްގެ ޒިންމާ އަދާކުރަމުންދާ މިންވަރު ބަޔާންކޮށް ނިލަންދޫ ރައްޔިތަކު ލިޔެފައިވާ އަސަރުގަދަ ސިޓީއެއް ނިލަންދެ އަށް ލިބިއްޖެ އެވެ.

އެސިޓީގައި ބަޔާންކޮށްފައިވަނީ އެސިޓީ ލިޔަނީ ނިލަންދޫ ކައުންސިލުން ބަލަހައްޓަވަންޖެހޭ ވަރަށް ގިނަ ކަންތައްތައް ބެލެހެއްޓެވުމުގައި ނިލަންދޫ ކައުންސިލުން ވަރަށް ބޮޑަށް އިހުމާލުވުމާއި ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ކުރައްވަމުން ގެންދަވާ ބައެއް ކަންކަމުގެ ސަބަބުން ނިލަންދޫ ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާތީ ކަމަށެވެ. އަދި އެކަންކަން ނިލަންދޫ ކައުންސިލްގެ ސަމާލުކަމަށް ގެނައުމަށް ރަސްމީ ގޮތުންނާއި ފަރުދީ ގޮތުން ވަރަށް ގިނަ ފަހަރު ރަށުކައުންސިލާ ބައްދަލުކޮށް ވަރަށް ގިނައިން ވާހަކަ ދެއްކުމުންވެސް އެކަންކަން ޙައްލު ކުރެއްވުމަށް މަސައްކަތް ނުކުރާތީ، މިކަންކަން ލިޔުމުން ދެންނެވުމަކީ ފަރުދީ ޒިންމާއެއް ކަމަށް ޤަބޫލުކުރެވިގެން ކަމަށެވެ.

އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައްވެސް ބަޔާންކޮށް، އެކަންކަމަށް ސިޓީގައި އަލިއަޅުވާލާފައި ވެއެވެ. އޭގެ ތެރޭގައި ނިލަންދޫ ރަށު ކައުންސިލުން ނިލަންދޫގެ ނަރުދަމާ ނިޒާމު ބޭނުންކުރައްވަމުން ގެންދަނީ އެ ނިޒާމު ބޭނުންކުރަން ހަމަޖައްސާފައިވާ ގޮތާ ޚިލާފަށް، މީސްތަކުންގެ ޞިއްޙަތާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ގޮތަށްކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ނިލަންދޫގައި ކުނިނައްތާލުމުގެ މަސައްކަތްކުރަމުންދަނީ ތިމާވެއްޓަށާއި ޞިއްޙަތަށް ވަރަށް ބޮޑަށް ގެއްލުންލިބޭ ގޮތަށް ކަމަށް ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން ނިލަންދޫގެ ކަރަންޓްގެ މިހާރުގެ ޙާލަތާއި ، ނިލަންދޫ ފެން ޕްލާންޓާއި، ރައްޔިތުންނާއި ދެކޮޅަށް ފަށާފައިވާ “ރައްޔިތުންގެ ވިޔަފާރި” ހިނގަމުންދާ ގޮތުގެ މައްޗަށް އެސިޓީގައި އަލިއަޅުވާލާފައި ވެއެވެ.

އަދި އިސްވެ ދެންނެވުނު ކަންކަމުގެ އިތުރުންވެސް ބައެއް މުހިއްމު ކަންކަމަށް އެސިޓީގައި އަލިއަޅުވާލާފައި ވެއެވެ.

ރައްޔިތު މީހާގެ މިއަސަރުގަދަ ސިޓީގައި ހިމެނޭ ބައިތައް ނިލަންދެ އިން ގެނެސްދެމުންދާނެ ވާހަކަ ދަންނަވަމެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*