ހަވީރުގެ ފުރަތަމަ މެޗް އެއްވަރުވެ، ދެވަނަ މެޗްގައި އެސްޖީސީ ވެޓަރަންސް ލަދުގަންނަވާލައިފި

އޭކޭ ޗެލެންޗް ކަޕްގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ތިން ހަރުގެ ކިންގ އާއި އެސްޖީސީ ޖޫނިއަރސް ބައްދަލުކުރި މެޗް 2 ލަނޑު 2 ލަނޑުން އެއްވަރުވެއްޖެއެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތިން ހަރުގެ ކިންގ ގެ ޖަރޒީ ނަންބަރު 7 ފިރާޝް އެވެ.

ހަވީރު ކުޅުނު ދެވަނަ މެޗްގައި ތިން ހަރުގެ އިންވަނީ އެސްޖީސީ ވެޓަރަންސް ކޮޅަށް 15 ލަނޑުޖަހައި އެޓީމް ލަދުގަންނަވާލާފައެވެ. މި މެޗްގައި އެސްޖީސީ ވެޓަރަންސް އިން ވެސް 2 ލަނޑު ޖަހާފައިވެއެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތިން ހަރުގެ ގެ ޖަރޒީ ނަންބަރު 7 އަޙްމަދު ޙަލީމް އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*