ފ.ނިލަންދޫ ފާމަސީއަށް ޝިފްޓް އިންޗާޖެއް ހޯދަން އިޢުލާން ކޮށްފި

ފ.އަތޮޅު ހޮސްޕިޓަލް

އެސްޓީއޯ ފ.ނިލަންދޫ ފާމަސީއަށް ޝިފްޓް އިންޗާޖެއް ހޯދަން އިޢުލާން ކޮށްފި އެވެ.

މިކަމާއި ގުޅޭގޮތުން ގެޒެޓްގައި ކޮށްފައިވާ އިޢުލާންގައި ބުނެފައިވަނީ މެނޭޖުމަންޓް ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީ ނުވަތަ އެއަށްވުރެމަތީ ސަނަދެއް ލިބިފައިވާ ކޮންމެ ފަރާތަކަށް އެމަޤާމަށް ކުރިމަތިލެވޭނެ ކަމަށެވެ. އޭގެ އިތުރުން އެމީހަކަށް މުޢާމަލާތް ކުރުމުގެ ހުނަރު ހުރި އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށް ވާންޖެހޭނެ ކަމަށްވެސް އިޢުލާންގައި ބުނެފައި ވެއެވެ.

މިމަޤާމުގެ އަސާސީ މުސާރައިގެ ގޮތުގައި 5380ރ ލިބޭއިރު، އިތުރު އެލަވަންސްގެ ގޮތުގައި 1500ރ އާއި 2450ރ އާއި ދެމެދުގެ ޢަދަދެއް ލިބޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އިތުރު ގަޑީގަޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭއިރު، ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް އާއިއެކު، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 100ރ ލިބޭނެ ކަމަށްވެސް އިޢުލާންގައި ބުނެފައި ވެއެވެ.

ގެޒެޓްގައިވާ ލިންކް ބެއްލެވުމަށް:

http://www.gazette.gov.mv/iulaan/view/53065

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޯބަރ 20 (ބުރާސްފަތި) ގެ 12:30 ގެ ކުރިން އެސްޓީއޯ ވަޒީފާއަށް އެދޭ ފޯމް ހުރިހަމަކޮށް، ފޯމް ހުށަހެޅުމަށް އެސްޓީއޯއިން ކޮށްފައިވާ އިޢުލާންގައި ވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*