ސްޓޭޑިއަމްގެ ދެކުނުން މަގުކެނޑުމުގެ މަސައްކަތް ފަށައިފި

މަގުހެދުމުގެ މަސައްކަތް ކުރިޔަށްދަނީ

ނިލަންދޫ ސްޕޯޓްސް އެރީނާގެ ދެނުން ހަދާ މަގު ކެނޑުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. އެތަނުން މަގެއް ކަނޑަށް ޖެހުނީ ކުރިން ފުޓްބޯޅަ ސްޓޭޑިއަމްގެ ދެކުނުން އޮތްމަގު ފުޓްސަލް ދަނޑުގެ ތެރެއަށް ވަދެގެން ދިއުމާ ގުޅިގެންނެވެ.

އެމަގު ކެނޑުމުގެ މަސައްކަތް ފަސޭހަކުރުމުގެ ގޮތުން އެމަގަށް އަރާ ރުއްތައް ނީލަން ކިޔާފައިވެއެވެ. ނީލަންކިޔާފައިވަނީ ރުއްތަކުގެ ބުޑާއެކު ނަގާގޮތަށް ވިޔަސް، ރުއްކެނޑި ގިނަފަރާތްތަކަކުން ބުޑުތައް ނަގާފައެއް ނުވެއެވެ.

އެމަގު ހެދުމުގެ މަސައްކަތް ކައުންސިލުން ކުރަމުން ގެންދަނީ 20،000 ރުފިޔާގެ އަގަކަށް ނިލަންދޫގައި ހުރި ވިލާގެ އެކްސްކެވޭޓަރ ބޭނުންކޮށްގެނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*