ދަރަބޫދޫގައި ހަދަމުންދާ ސްޕޯޓްސް ހޯލަށް އެހީއެއް ލިބިއްޖެ – އޭކޭ ފައުންޑޭޝަން

ދަރަބޫދޫ ކައުންސިލުން އިސްނަގައިގެން އެރަށުގައި ހަދަމުންދާ ސްޕޯޓްސް ހޯލު ބިނާ ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެހީގެ ގޮތުގައި 35،000 ރުފިޔާ ލިބިފައިވާ ކަމަށް، އޭކޭ ފައުންޑޭޝަނުން ބުނެފި އެވެ.

ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޑރ.ޢަބްދުﷲ ޚަލީލުގެ އަމިއްލަފުޅު ފައުންޑޭޝަންކަމުގައިވާ ޢަބްދުﷲ ޚަލީލު ފައުންޑޭޝަން (އޭކޭ ފައުންޑޭޝަން) ގެ ފޭސްބުކް ޕޭޖުގައި، ދަރަބޫދޫ ސްޕޯޓަސް ހޯލަށް ފައިސާގެ އެހީއެއް ލިބިފައިވާ ކަމަށް ހާމަ ކުރަމުން ބުނެފައިވަނީ ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް އަދި ޒުވާނުންގެ ހެވާއި ލާބަޔަށް އެކޭ ފައުންޑޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ޒުވާނުންގެ ހުނަރު ކުރިއަރުވުމުގެ އިތުރުން، ޒުވާނުން ޙާޞިލް ކުރުމަށް އެދޭ ލަނޑުދަނޑިއަށް ވާޞިލް ވުމަށް ހިތްވަރުދީ، ޒުވާނުންނަށްޓަކައި މަސައްކަތް ކުރުމަކީ އެކޭ ފައުންޑޭޝަނަށް ލިބިގެންދާ އުފަލެއް ކަމުގައި އެޕޭޖުގައި ބުނެފައި އެވެ.

މިހާރު ލިބިފައިވާ 35،000 ރުފިޔާގެ އެހީގެ އިތުރުންވެސް ދަރަބޫދޫ ސްޕޯޓްސް ހޯލު ވީއެންމެ އަވަހަށް ވުޖޫދަށް ގެނައުމަށް، އެކި ފަރާތްތަކުން އިތުރު އެހީތައް ހޯދުމަށް އޭކޭ ފައުންޑޭޝަން އަދި އެމްޕީ ޑރ.ޢަބްދުﷲ ޚަލީލުވެސް މަސައްކަތް ކުރައްވަމުންގެންދަވާކަން ނިލަންދެ އަށް އެނގިފައި ވެއެވެ.

 

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*