ގޯލްޑަން ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވައިފި އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބާއްވާ މި މުބާރާތް، އެފްއޭއެމުން ބާއްވަމުން އަންނަ ޒޯން ފުޓްބޯޅަ މުބާރާތުގެ ފޯމެޓަށް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާއިރު، ފ.އަތޮޅު ހިމެނެނީ ޒޯން 5 ގައި އެވެ. ދެން މިޒޯންގައި ހިމެނެނީ ދ.އަތޮޅު އަދި ތ.އަތޮޅެވެ.

އޮކްޓޯބަރ 18 ވަނަ ދުވަހު ފެށުހަމަ ހަމަޖެހިފައިވާ މުމުބާރާތުގައި ރާއްޖޭގެ ކޮންމެ ރަށެއް ތަމްސީލު ކުރުމަށް، އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ފުރުޞަތު ދީފައިވާއިރު، މި މުބާރާތުގައި ފ.އަތޮޅުގެ 4 ރަށަކުން ބައިވެރިވެފައި ވެއެވެ. އެއީ ނިލަންދޫ، ދަރަބޫދޫ، މަގޫދޫ އަދި ބިލެއްދޫ އެވެ.

މެޗް ޝެޑިއުލް:

  • 25 އޮކްޓޯބަރ: 22:00 ނިލަންދޫ / މަގޫދޫ
  • 25 އޮކްޓޯބަރ: 23:00 ބިލެއްދޫ / ދަރަބޫދޫ
  • 27 އޮކްޓޯބަރ: 22:00 ނިލަންދޫ / ދަރަބޫދޫ
  • 27 އޮކްޓޯބަރ: 23:00 ބިލެއްދޫ / މަގޫދޫ
  • 29 އޮކްޓޯބަރ: 20:00 ނިލަންދޫ / ބިލެއްދޫ
  • 29 އޮކްޓޯބަރ: 21:00 މަގޫދޫ / ދަރަބޫދޫ

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*