ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ ރަނގަޅު ދަރިވަރުންނަށް ޝާއިރުއާއި އުނާދާ

މަތީ ސާނަވީއް އެންމެ ރަނގަޅު ދަރިވަރު ޝާއިރު އަދި ޝަރަފްވެރި މެހެމާން ޖަމީލް

ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 2015 ވަނަ އަހަރުގެ ލޯވަރ ސެކަންޑަރީ އަދި 2016 ވަނަ އަހަރުގެ ހަޔަރ ސެކަންޑަރީގެ ނަތީޖާ ރޭ ފާޅުކޮށްފިއެވެ. 2015 ވަނަ އަހަރުގެ ލޯވަރ ސެކަންޑަރީން ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް އުނާދާ ހޯދިއިރު، 2016ވަނަ އަހަރުގެ މަތީ ސާނަވީން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ޝާއިރުއެވެ.

unadhafaec4

އުނާދާވަނީ 2015 ވަނަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި 7 މާއްދާއިން އޭފާސް ހޯދައިގެން މުޅިރާއްޖޭގެ ގަދަ 10 ގެ 2ވަނައިގަ ހިމެނިފައެވެ. އަދި މިއަހަރު ބޭއްވި އޭލެވެލް އިމްތިޙާނުގެ ގަދަ ދިހައެއްގެ 9 ވަނައިގަ ހިމެނިފައެވެ.

ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޭލެވެލް ނަތީޖާއަށް ބަލާއިރު، 3 މާއްދާއިން ފާސްވި ނިސްބަތްހުރީ %56 ގައެވެ. އޭލެވެލް އިސްލާމުން %100 ދަރިވަރުން ފާސްވެފައިވެއެވެ. ދިވެހި މާއްދާއިން %80 ދަރިވަރުން ފާސްވެފައިވެއެވެ. އަދި ހިސާބުން ފާސްވެފައިވަނީ %40 ދަރިވަރުންނެވެ. ސައިންސް ސްޓްރީމްގެ ވަކިވަކީ މާއްދާތަކުގެ ތެރެއިން ބައެލޮޖީއާއި ކެމިސްޓްރީން %75 ފާސްވެފައިވާއިރު %60 ދަރިވަރުން ފިޒިކްސްއިން ފާސްވެފައިވެއެވެ. ކޮމާސް ސްޓްރީމްގެ މާއްދާތަކުގެ ތެރެއިން އޭލެވެލް އެކައުންޓުން %80 ދަރިވަރުން ފާސްވެފައިވެއެވެ. %75 ދަރިވަރުން އިކޮމިކްސްއިން އަދި %33 ދަރިވަރުން ބިޒްނަސް ސްޓަޑީޒްއިން ފާސްވެފައިވެއެވެ.

ފ.އަތޮޅު ތަޢުލީމީ މަރުކަޒުން 2015ވަނަ އަހަރުގެ އޯލެވެލްގައިވެސް ރަނގަޅު ނަތީޖާތަކެއް ޙާޞިލްކޮށްފައިވެއެވެ. އެގޮތުން ސްކޫލުގެ އެޗީވްމަންޓް ސްކޯ ހުރީ %60.61ގައެވެ. މިއީ ފާއިތުވެދިޔަ އަހަރަށްވުރެ 6 އިންސައްތަ ދައް ޢަދަދެކެވެ.

 

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*