ބުޅާ މިސްކިތް މަގުގެ ޖަންކްޝަންތަކުން ނަޖިސް އަރަނީ

ބުޅާ މިސްކިތް މަގުގެ ޖަންކްޝަނަކުން އިއްޔެ ނަޖިސް އަރަނީ

ނިލަންދޫގެ ނަރުދަމާ ނިޒާމް ނުބެލެހެއްޓި އަދި މަރާމާތު ވެސް ނުކުރެވުމުގެ ސަބަބުން ބުޅާމިސްކިތް މަގުގެ ބައެއް ހިސާބުތަކުންނާއި އެމަގުގައި ހިމެނޭ ބައެއް ގޯތިތަކުން ވަރަށް ބޮޑަށް ނަޖިސް އަރަމުން އެބަދެއެވެ.

މަޢުލޫމަތު ލިބޭ ގޮތުގައި އެ ސަރަޙައްދުގެ ބައެއް ގޯތިތަކުގައި ހުރި ޖަންކްޝަންތަކުން ނަޖިސް އަރާތާ އެތައް ދުވަހެއްވަނީ ވެފައެވެ.

އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތަކު މަޢުލޫމާތު ދިން ގޮތުގައި މި މައްސަލަ ކައުންސިލަށް ހުށަހެޅުމުން، ކައުންސިލުން ދީފައިވާ ޖަވާބަކީ، “ދެން ތިކަމުގައި އަހަރުމެން ކިހިނެތް ހަދާނީ؟” އެވެ.

މިދިޔަ އަލްޙާ ޢީދު ބަންދުގައި، ގޯތިން ނަޖިސް އެރުމުގެ ސަބަބުން އެސަރަޙައްދުގައި ދިރިއުޅޭ ބަޔަކު ކައުންސިލް އިދާރާއަށް އެކަން ޙައްލުކޮށް ދިނުމަށް އެދި ދިއުމުން ވެސް އެކަމުގައި އޮފީހުގެ އެއްވެސް ވެރިޔަކު އަޅާލާފައިނުވާކަމަށް ވެއެވެ. އަދި ކައުންސިލުން އެމީހުން ނުނުކުތުމުން، ޕޮލިހަށް އަންގައިގެން އެމީހުން ނެރުމަށް އޮފީހުގެ މުވައްޒަފުންނަށް ކައުންސިލްގެ ރައީސް އެންގި ނަމަވެސް އަދި މިއަދާ ހަމައަށްވެސް ނަޖިސް އެރާ މައްސަލައަށް ޙައްލެއް ލިބިފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ނަރުދަމާ ނިޒާމުގެ ގިނަ މޯޓަރުތަކަށްވަނީ މައްސަލަ ޖެހިފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*