އެފްސީ ފަހުލަވާން މޮޅުވެ، ބީސީ ސްޕޯޓްސް ބޮޑުތަފާތަކުން ކާމިޔާބުކޮށްފި

މި އަދު ހެނދުނު ކުޅުނު އޭކޭ ޗެލެންޖް ކަޕްގެ ފުރަތަމަ މެޗްގައި އެންވައިޖީ ފްރެންޑްސް އާއި ބައްދަލުކޮށް އެފްސީ ފަހުލަވާން 5 ލަނޑު 3 ލަނޑުން މެޗް ކާމިޔާބުކޮށްފިއެވެ. އެފްސީ ފަހުލަވާންގެ ގޯލްތައް ޖަހާފައިވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންގެންދާ އަޒްހާން އާއި އަޔާޒްއެވެ. މި މެޗްގައި ދެޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެންވައިޖީ ފްރެންޑްސް އަކީ ކުޑަހުވަދޫ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ.

ހެނދުނު 7:15 ގަ ފެށި ދެވަނަ މެޗް 6 ލަނޑު 2 ލަނޑުން ދަރަނބޫދޫއަށް ނިސްބަތްވާ ބީސީ ސްޕޯޓްސް އިން ފަސޭހަކަމާއެކު، ފަހުލަވާންގެ މައްޗަށް ވަނީ ކުރި ހޯދާފައެވެ.

މެޗްގެ ފުރަތަމަ ހާފް ނިމުނު އިރު ދެޓީމުން ވެސް އޮތީ ދޭއް ދޭކުން އެއްވަރުވެފައެވެ. ނަމަވެސް ފަހު ހާފުގައި ބީސީގެ ޓެކްޓިކްސް ރަނގަޅުކޮށް ކުޅުންވަރަށް ވަރުގަދަ ކުރުމުގެ ނަތީޖާއަކީ ފަހުލަވާންއަށް ފުރުސަތެއް ނުދީ 4 ލަނޑު ޖެހުމެވެ. ބީސީ ސްޕޯޓްސް ފާހަގަކުރެވިގެން ގޮސްފައިވަނީ މި މުބާރާތުގައި ކުޅޭ އެންމެ ވަރުގަދަ އެއްޓީމުގެ ގޮތުގައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*