ރާއްޖޭގެ އެންމެ ބޮޑު ސްކޫލުގެ މޮނިޓަރިންގ އަށް ފ.އަތޮޅުގެ ދެ ޕްރިންސިޕަލުން

މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް އެ ސްކޫލު ކުރިމަތީގައި

ރާއްޖޭގެ އެންމެ ބޮޑު، އަދި އެންމެ ދުވަސްވީ ސްކޫލުގެ މޮނިޓަރިންގ އަށް ފ.އަތޮޅު ދެ ސްކޫލެއްގެ ޕްރިންސިޕަލުން މާލޭގައި ޙަރަކާތްތެރިވަމުން އެބަދެއެވެ. އެގޮތުން، ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލުތަކުގެ ތެރޭގައިވެސް ހިމެނޭ، މަޖީދިއްޔާ ސްކޫލުގެ މޮނިޓަރިންގ ގައި ޙަރަކާތްތެރިވެލައްވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބުދުﷲ އަޙްމަދުއާއި ފ.ފީއަލީ ސްކޫލުގެ ޕްރިންސިޕަލް ޢަބުދުއް ސައްތާރުއެވެ.

މި ދެބޭފުޅުން މީގެކުރިން ފ.އަތޮޅުގެ ސްކޫލުތަކުގެ މޮނިޓަރިންގ ވެސް ވަނީ ނިންމަވާފައެވެ.

އެޑިޔުކޭޝަންގެ ލަފާގެ މަތިން ހިންގާ ސްކޫލުތަކުގެ މޮނިޓަރިންގ ގައި، ސްކޫލުހިންގާ ގޮތާއި، ސްކޫލުގެ ބަޖެޓުން ކުރެވޭ ޚަރަދުތައް ކުރެވެނީ އެންމެ ރަނގަޅަށްތޯއާއި، ސްކޫލުގެ ވަސީލަތްތައް ހުރި މިންވަރު، ބޭނުންކުރެވޭގޮތް ފަދަ މުހިންމު ކަންކަން ބަލާނެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*