ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ މެންބަރަކަށް މުޙްސިން

ރައީސް ޔާމީން ޢަބުދުލް މުޙްސިލް ޙަމީދުއާއި ސަލާމް ކުރައްވަނީ

ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ މެންބަރުކަމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއިން ކަނޑައަޅުއްވާ މެންބަރެއްގެ ގޮތުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބުދުލް މުޙްސިން ޙަމީދު (ޖޭފޯ) އިއްޔެ ހަމަޖައްސައިފިއެވެ. އެމަގާމަށް އެމަނިކުފާނު ހަމަޖައްސަވާފައި މިވަނީ މީގެ ކުރިން އެމިނިސްޓްރީގެ ފަރާތުން އެކައުންސިލްގެ މެންބަރުކަމަށް ހަމަޖެއްސެވި ޝާހް އިސްމާޢީލް މިނިސްޓްރީ އޮފް ފިޝަރީޒްއަށް ބަދަލުކުރެއްވުމާ ގުޅިގެނެވެ.

މި ބަދަލުގެ އިތުރުން، ސްޕޯޓްސް ކައުންސިލްގެ ޗެއަރމަންގެ މަގާމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނާއިބު މިނިސްޓަރ އިބްރާހީމް އިސްމާޢީލްވަނީ އިސްކުރައްވާފައެވެ.

ޖޭފޯއަކީ ރާއްޖޭގެ ކުޅިވަރުގައި ފާހަގަކުރެވޭ ޝަޚްސިއްޔަތެކެވެ. ފުޓްބޯޅަ އަދި ފުޓްސަލް އެ އިތުރުން ކްރިކެޓް ވެސް ފާހަގަކުރެވޭ ލެވެލްއަކަށް ކުޅުއްވަމުން ގެންދަވައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*