“ފ.އަތޮޅު މިއަދު އޮންނަންވާނީ ދަރަނބޫދޫއާއިއެކު” ޑރ. ޚަލީލް

ދަރަނބޫދޫ ޓީމް (ފޮޓޯ: އެފްބީ)

މިއަދަކީ އެސްޓީއޯ މިނިވަން ޗެންޕިއަންޝިޕް 2016 ޒޯން 5 ގެ ފައިނަލް ކުޅޭ ދުވަސްކަމަށްވެފައި، އެއްކޮޅުން ބައްދަލުކުރާ ޓީމަކީ ފ.ދަރަނބޫދޫގެ ޓީމެއް ކަމަށްވުމުން، ފ.އަތޮޅު މިއަދު އޮންނަންވާނީ ދަރަނބޫދޫ އާއިއެކު ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. އޭނާ މިގޮތަށް ވިދާޅުވެފައިވަނީ މިއަދު ކުޅޭ ފައިނަލް މެޗާގުޅޭގޮތުން ނިލަންދެއިން ދެންނެވި ސުވާލަކާއި ގުޅިގެންނެވެ.

ޑރ. ޚަލީލްގެ ފޭސްބުކް ޕޭޖުގައިވެސް ހާމަކުރައްވާފައިވާ ގޮތުގައި “ޓީމާމެދު އަޅުގަނޑުމެން ފަޚުރުވެރިވޭ! ކާމިޔާބު ލިބެމުންދަނީ ހިތްވަރާއި ކަމަށް ކަމޭހިތުމުން. މިއަދުގެ ފައިނަލް މެޗް ކާމިޔާބު ކުރުމަށް ﷲ އަށް ދުޢާކޮށް، އަމާޒުގައި ހިފަހައްޓައި އެއްގޮތެއްގައި ދެމި ތިބޭތި! އަޅުގަނޑުގެ ހިތްވަނީ ތިބޭފުޅުންނާއެކު! ދަރަނބޫދޫ ޓީމަށް ކާމިޔާބީއަށް އެދެން” ވިދާޅުވެފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*