ދަރަނބޫދޫގައި ހަދާ އިންޑޯ ހޯލުގެ މަސައްކަތަށް ވެލްޑަރެއް ހޯދުމުގެ މަސައްކަތް ދަނީ ކުރިޔަށް: ޑރ.ޚަލީލް

އެމްޕީއެލްގެ ސީއީއޯ ޖުނައިދުއާއި ޑރ ޚަލީލް މިއަދު ބައްދަލުކުރައްވަނީ (ފޮޓޯ: އެފްބީ)

ދަރަނބޫދޫ ރައްޔިތުންނާއި ޒުވާނުން ގުޅިގެން އެރަށުގައި ތަރައްޤީކުރާ އިންޑޯހޯލްގެ މަސައްކަތް ކުރުމަށް ވެލްޑަރެއް ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މި މަސައްކަތާގުޅޭ ގޮތުން ނިލަންދެއިން ދެންނެވުމުން، “ދަރަނބޫދޫގެ ޒުވާނުންގެ ކުރިއެރުމަށް ކުރެވެން ހުރި މަސައްކަތްތައް ދެނެގަނެ ހަގީގަތަކަށް ހެދުމަށް ދަނީ މަސައްކަތް ކުރެވެމުން” ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެ ހޯލުގައި ކުރަންހުރި ދަގަނޑުގެ މަސައްކަތްތަކަށް ވެލްޑަރެއް ހޯދުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއިވެސް ދަނީ ވާހަކަތައް ދެކެވެމުންނެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ޖުނައިދުއާއި ބައްދަލުކޮށް އެކަމާގުޅޭ ގޮތުން މިއަދު މަޝްވަރާކޮށްފައިވެއެވެ.

މި މަސައްކަތަށް ބޭނުންވާ ގިނަ ސާމާނުތަކެއް ދަރަނބޫދޫ ކައުންސިލުންވަނީ އެރަށަށް ގެންގޮސްފައެވެ.

ޑރ ޚަލީލް ހާމަކުރެއްވި ގޮތުގައި މި މަސައްކަތަށް ދަރަނބޫދޫ ރައްޔިތުން ކުރާ ހޭދައިގެ ބޮޑުބައެއް ސަރުކާރުގެ ތެރެއިން ހަމަޖެހޭނެ ކަމުގެ ސިގްނަލްވަނީ ލިބިފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*