ނިލަންދޫގެ ޓީމެއް މާލޭގައި ޙަރަކާތްތެރިވަނީ

ވަފުދުގެ ފަރާތުން ޔޫތް މިނިސްޓަރ އިރުތިޝާމްއާއި ބައްދަލުކުރައްވަނީ

ނިލަންދޫގެ ތަރައްޤީއާއި ގުޅުންހުރި ކަންކަމުގައި ސަރުކާރާއިއެކު މަޝްވަރާތަކެއް ކުރިޔަށްގެންދިއުމަށް ނިލަންދޫގެ ވަފުދެއް މާލޭގައި ޙަރަކާތްތެރިވަމުން އެބަދެއެވެ. މިޓީމުގެ ފަރާތުން މިހާތަނަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުއާއި، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ މުޙަންމަދު ސަޢީދުއާއި، ޔޫތް އެންޑް ސްޕޯރޓްސް އިރުތިޝާމް އާދަމް އާއި ބައްދަލުކޮށް ނިލަންދޫގެ ތަރައްޤީއާއި ގުޅުންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ވަފުދުގެ މެންބަރަކު ހާމަކުރެއްވި ގޮތުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ނިލަންދޫ އެއަރޕޯޓްގެ މަސައްކަތް ކުރިޔަށްގެންދާނެ ގޮތްތަކާއި ގުޅޭގޮތުންނާއި، ކުޅިވަރާއި ޒުވާނުންނާއި ގުޅުންހުރި ބައެއް ކަންކަން ނިލަންދޫގައި ތަރައްޤީކުރުމާއި ގުޅޭގޮތުންނެވެ.

ބައްދަލުވުންތަކާއި ގުޅޭގޮތުން ވަފުދުގެ މެންބަރަކު ހާމަކުރެއްވި ގޮތުގައި، “ވަރަށް އުފާވެރި ޚަބަރުތައް އެބަހުރި” ކަމަށެވެ.

މި މަޝްވަރާތަކުގެ ބައިވެރިންނަކީ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބުދުﷲ ޚަލީލުގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް ޢަބުދުލް ޙަމީދު މުޙަންމަދުއާއި، އަތޮޅު ކައުންސިލްގެ މެންބަރު ޢަބުދުލް ޖަލީލް އަޙްމަދުއާއި، ނިލަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޢަލީއާއި، ނިލަންދޫ ކައުންސިލްގެ މެންބަރު ޢަލީ ރަޝީދުއާއި، ނިލަންދޫ ކައުންސިލްގެ ޕްލޭނިންގ އޮފިސަރ އަޙްމަދު ޝަރީފްއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*