
“މަސްތުވާ ތަކެއްޗާއި ދެކޮޅަށް” ޝިއާރުގެ ދަށުން ފ.ނިލަންދޫގައި ކުރިޔަށްދާ އޭކޭ ޗެލެންޖް ކަޕްގެ މިއަދު ހަވީރު ކުޅުނު މެޗްތައް ޕީއެސް ޓޫ އާއި ތިން ހަރުގެ ކާމިޔާބު ކޮށްފިއެވެ.
ހަވީރު ކުޅު ފުރަތަމަ މެޗްގައި ޕީއެސް ޓޫ އާއި އެސްޖީސީ ވެޓެރަންސް ބައްދަލުކުރި މެޗް 3-1 އިން ކާމިޔާބު ކުރީ ޕީއެސް ޓޫއެވެ. ޕީއެސް ޓޫއިން ލަނޑުތައް ޖަހާފައިވަނީ އާރިފް ޢަލީ، ޢަބުދުލް ޖަލީލް ޢަބުދުއް ރައްޒާޤްގެ އިތުރުން އެ ޓީމްގެ ޖާރޒީ ނަންބަރު 4 އެވެ.
އެސްޖީސީ ވެޓެރަންސް ޓީމުން ލަނޑު ޖަހާފައިވަނީ އެޓީމުގެ އަޙްމަދު އިސްމާޢީލް އެވެ.
މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕީއެސްޓޫގެ ޖާރޒީ ނަންބަރު 7، އަތޫފް އެވެ.
މިއަދު ހަވީރު ކުޅުނު ދެވަނަ މެޗްގައި ތިން ހަރުގެ އިން ވަނީ ފަހުލަވާން ޖޫނިއަރސްގެ މައްޗަށް 8-3 ގެ ބޮޑު ތަފާތަކުން ކުރި ހޯދާފައެވެ. މި މިމެޗްގައި ފަހުލަވާން ޖޫނިއަރސްގެ ކީޕަރު ވަނީ ތިން ހަރުގެ އިން ދީފައިވާ ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ.
މެޗްގެ ވަކި ހިސާބަކުން ހިނގި ހަމަނުޖެހުމެއްގައި ތިން ހަރުގެ ޓީމުގެ ކީޕަރާއި ފަހުލަވާން ޖޫނިއަރސްގެ ކުޅުންތެރިޔަކަށް ވަނީ ރަތްކާޑު ދައްކާފައެވެ،
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 30،000ރ ގެ ފައިސާގެ އިނާމް އޭކޭ ފައުންޑޭޝަންއިން ހުށަހަޅާފައި ވެއެވެ.
ޚިޔާލު ދެއްވުމަށް