ޕީޕީއެމްގެ ވަފުދެއް ފ.އަތޮޅަށް

ވެރިކަންކުރާ ޕީޕީއެމްގެ ވަފުދެއް ސެޕްޓެމްބަރ 22 ވަނަ ދުވަހު ފ.އަތޮޅަށް ހިނގައްޖެ އެވެ.

ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމް އިން ފ.އަތޮޅަށް ކުރަމުންދާ މި ޒިޔާރަތުގައި އަތޮޅުގެ ހުރިހާ ރަށަކަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެއެވެ. އަދި މި ދަތުރުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެޕާޓީން ބާއްވަމުން އަންނަ ކެމްޕެއިން ލީޑަރުން ތައްޔާރު ކުރުމަށް ކުރިއަށް ގެންދާ ސިލްސިލާ މަހާސިންތާތަކުގެ ތެރެއިން ފ.އަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަހާސިންތާ ކުރިއަށް ގެންދިއުން ކަމަށް އެޕާޓީގެ އިސް ބޭފުޅަކު ނިލަންދެ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މިދަތުރުގައި ފ.އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މަޖުލީހުގެ ދެ މެމްބަރުން ކަމަށްވާ ނިލަންދޫ ދާއިރާގެ މެމްބަރ ޑރ.ޢަބްދުﷲ ޚަލީލު އާއި ބިލެއްދޫ ދާއިރާގެ މެމްބަރ އަޙުމަދު މުބީންގެ އިތުރުން، މަހާސިންތާ އިންތިޒާމްކޮށް ކުރިއަށް ގެންދއިއުމަށް ޕީޕީއެމްގެ އެކުލަވާލާފައިވާ ކޮމެޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*