ދުނިޔޭގެ އެންމެ ސުލްހަވެރި ދީނަކީ އިސްލާމްދީން ކަމުގައި ޔުނެސްކޯއިން ކަނޑައަޅައިފި

އިސްލާމް ދީނަށް ލިބިފައިވާ ސުލްޙަވެރިކަމުގެ ސެޓްފިކެޓް

ޔުނެއިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައެންސް އެންޑް ކަލްޗަރަލް އޯރގަނައިސޭޝަން (ޔުނެސްކޯ) އިން ހެދި ހަމަސް ދުވަހުގެ ސާވޭ އަކަށްފަހު ދުނިޔޭގައި މީހުން ތަބައަވާ ދީން ތަކަށް ބަލާއިރު އެންމެ ސުލްހަވެރި ދީނަކީ މާތްވެގެންވާ އިސްލާމް ދީން ކަމުގައި ކަނޑައަޅައިފިއެވެ.

ޔޫއެން ގެ ފަރާތުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ޔުނެސްކޯއާއި އިންޓަނޭޝަނަލް ޕީސް ފައުންޑޭޝަން ގުޅިގެން މީގެ 6 މަސް ކުރިން ހުރިހާ ދީނެއްގެ އަހުލުވެރިންގެ ދިރިއުޅުމާއި ހަޔާތަށް ބަލައި ހެދި ސާވޭ އަކުން އެންމެ ސުލްހަވެރި ދީނަކީ އިސްލާމް ދީން ކަން ބަޔާންކޮށްފައިވެއެވެ.

“6 މަސްދުވަހުގެ ކިޔެވުމާ ދިރާސާތަކަށް ފަހު އިސްލާމް ދީނަކީ އެންމެ ސުލްހަވެރި، އަމަން އަމާން ކަމަށް ލޯބިކުރާ ދީން ކަމުގައި ކަނޑައަޅައިފިން.” އިންޓަނޭޝަނަލް ޕީސް ފައުންޑޭޝަނުގެ ދިރާސާތަކާ ބެހޭ އިދާރާގެ ރައީސް ޔުނެސްކޯގެ އޮފިޝަލުންވެސް ބައިވެރިވި ބައްދަލުވުމެއްގައި ބުނެފައިވެއެވެ.

ޓެރަރިސްޓު ހަމަލާތަކާ ބެހޭގޮތުން އޭނައާއި ސުވާލު ކުރުމުން ޖަވާބުގައި ޓެރަރިޒަމަކީ ދީނަކަށް ނިސްބަތްވާ އަމަލެއް ނޫން ކަމަށް އޭނާ ވަނީ ޖަވާބު ދީފައެވެ.

ޔުނެސްކޯގެ ފަރާތުން ވަނީ ސެޓުފިކެޓެއްވެސް މިކަމަށްޓަކައި ތައްޔާރުކޮށް އިއުލާންކޮށްފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*