ލާރނިންގ ސެންޓަރުގައި ކްލާސްރޫމްތައް ހެދުމުގެ މަސައްކަތް ފަށައިފި

ފ.ނިލަންދޫގައި ހުރި ނޭޝަނަލް ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރުގެ ކްލާސްރޫމްތައް ހެދުމުގެ މަސައްކަތް ފ.ނިލަންދޫ ރަށު ކައުންސިލުން ފަށައިފިއެވެ. ކައުންސިލުން މި މަސައްކަތް ފަށާފައިމިވަނީ މި ސެންޓަރު ހުޅުވުނުތާ ގާތްގަނޑަކަށް 9 މަސްދުވަސް ފަހުންނެވެ.

ލާރނިންގ ސެންޓަރުގައި ކްލާސްރޫމްތަކާއި އެހެނިހެން ބައެއް މަސައްކަތްތައް ކުރުމަށް 2 ލައްކަ ރުފިޔާގެ ބަޖެޓެއް މިދިޔަ ޖެނުއަރީ މަހު ނިލަންދޫ ރަށު ކައުންސިލުން ކަނޑައަޅާފައިވެއެވެ. މިހާރު ކުރެވެމުންދާ މަސައްކަތުގެ އަގަކީ ގާތްގަނޑަކަށް 18 ހާސް ރުފިޔާއެވެ. މި މަސައްކަތުގެ އިތުރުން ކްލާސްރޫމްތައް މަލްޓިމީޑިޔާ ކުރުމާއި، އެއަރކޯން ކުރުންވެސް ހިމެނިގެންދާނެއެވެ.

ލާރނިންގ ސެންޓަރުގައި މިވަގުތު 4 ކޯހެއްގައި ފަންސާހަކަށް ދަރިވަރުން ކިޔަވަމުންދެއެވެ. މީގެ އިތުރުން، 3000 މުދައްރިސުން ތަމްރީން ކުރުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމް ވެސް ލާރނިންގ ސެންޓަރުގައި ފެށުމަށް މިހާރުވަނި ހަމަޖެހިފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*