އަވަސް ޚަބަރު: މާލޭގައި ތިބި ނިލަންދޫ ރައްޔިތުންނާއި އެމްޕީ ޚަލީލު ބައްދަލު ކުރައްވަނީ

ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޑރ.ޢަބްދުﷲ ޚަލީލު މާލޭގައި މިވަގުތު ތިބި ނިލަންދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބާއްވާ ޚާއްޞަ ބައްދަލުވުމެއް 2016 ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ ރޭ (ބުދަ ދުވަހުގެ ރޭ) އޮންނާނެ ކަމަށް ނިލަންދެ އަށް މަޢުލޫމާތު ލިބިއްޖެ އެވެ.

ނިލަންދޫގެ ތަރައްޤީ އާއި ގުޅޭ މުހިއްމު މަޢުލޫމާތު ތަކެއް ޙިއްޞާ ކުރުމަށް ބާއްވާ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތު ސެންޓަރ ހޯލް (ސޯޝަން ސެންޓަރ) ގައި ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މާލޭގައި މިވަގުތު ތިބި ނިލަންދޫގެ ހުރިހާ ރައްޔިތުންނަށް ބައްދަލުވުމުގައި ބައިވެރިވުންއެދި އެމްޕީ ޚަލީލުގެ ފަރާތުން ދައުވަތު ފޮނުއްވާފައިވާއިރު، މި ބައްދަލުވުމުގައި ޑރ. ޚަލީލުގެ އިތުރުން  ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ޢިއްޒަތްތެރި ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެން މަޢުލޫމާތު ދެއްވާނެ ކަމަށް ނިލަންދެ އަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*