ބަނދަރުގެ ހުޅަނގުކޮޅު ހިއްކައި މިހާރު ހިއްކާފައި އޮތް ވެލިގަނޑާ ގުޅުވާލަނީ

ނިލަންދޫގެ ބިންހިއްކުން ކުރިޔަށްދަނީ

ހަލާކުވެފައިވާ ނިލަންދޫ ބަނދަރުގެ ހުޅަނގުކޮޅު ހިއްކައި ބަނދަރުގެ ބޭރަށް ބޮޑުބައިވާގޮތަށް މިހާރު ހިއްކާފައިއޮތް ވެލިގަނޑާ ގުޅާލުމުގެ މަސައްކަތްކުރިޔަށްދާކަމަށް ނިލަންދޫ ބިއްހިއްކުމާ ޙަވާލުވެފައިވާ ވިލާ ޝިޕިންގގެ ނިލަންދޫ ސައިޓް މެނޭގަރ ނިޒާރު ވިދާޅުވެއްޖެއެވެ.

އޭނާ ހާމަކުރެއްވިގޮތުގައި މިހާރު ހިއްކާފައިވާ ގާތްގަނޑަކަށް ހެކްޓަރެއްހާ ބިން މިގޮތަށް ގުޅާލުމަށް ނިންމީ، ބަނދަރުގެ އެއްގަމުގައި މިހާރު ހުރި ބޮޑެތި ހޮޅިތަކާއި ހިއްކުމަށް ބޭނުންކުރާ އެހެންވެސް ސާމާނުތައް އެބިމަށް ބަދަލުކުރުމުގެ ބޭނުމުގައެވެ. އެހޮޅިތައް އެއްގަމުގައި ހުރުމުގެ ސަބަބުން ޝަކުވާތަކެއް ކޮންމެވެސް މިންވަރަކަށް އައިސްފައިވާ ކަމަށާއި، ނަމަވެސް މިގޮތަށް ބަދަލުކުރުމުން އެޝަކުވާތަކަށް ޙައްލުލިބިގެންދާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނިލަންދޫ ބިންހިއްކަން ފަށާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 13 ވަނަ ދުވަހުގައެވެ. ބިއްހިއްކަން ފެށިތާ މިވީ ދުވަސްކޮޅުގެ ތެރޭގައި ހިއްކުމަށް ބޭނުންކުރާ ޑްރެޖަރަށް ތަފާތު މައްސަލަތައް ކުރިމަތިވުމުގެ ސަބަބުން ހިއްކުމުގެ މަސައްކަތް އެއްވެސް ވަރަކަށް ނުކުރާ ދުވަސްތަކެއްވެސް ވަނީ ގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން ނިލަންދޫގައި 10 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*