ވޮލީގެ ޗެންޕިއަންކަން ފިނިފެންމާ ސްޓާސްއަށް

އަލްޙާޢީދާ ގުޅިގެން ފ.ނިލަންދޫގައި ކުރިޔަށްދިޔަ ޑޭލައިޓް ވޮލީ މުބާރާތުގެ ޗެންޕިއަންކަން ފިނިފެންމާ ސްޓާސްއިން ހޯދައިފިއެވެ.އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗް ފިނިފެންމާ ސްޓާސް އިން ހޯދާފައި މިވަނީ ނީލްއާއި ބައްދަލުކޮށް 3 ސެޓް 1 ސެޓުން މެޗް ކާމިޔާބުކޮށްގެނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މިމެޗްގެ ފުރަތަމަ ސެޓް ހޯދީ ނީލްއިންނެވެ. ނަމަވެސް ފަހަތުންއަރާ މޮޅަށްކުޅަށްކުޅެ ފިނިފެންމާ ސްޓާސްއިން ޖެހިޖެހިގެން 3 ސެޓް ހޯދިއެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިނިފެންމާގެ މާޖިދާއެވެ. އޭނާއަކީ ގައުމީޓީމުގެ ކުޅުންތެރިޔެކެވެ.

މުޅިމުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނީލްގެ ތަހޫރާއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީވެސް ރަނަޕްޓީމް ނީލްއެވެ.

 

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*