ބޮނޑި މުބާރާތުގެ ޗެންޕިއަންކަން ތިލަފުށި ޓީމު ހޯދައިފި

ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްްގެން ބާއްވަމުންދާ ޢީދު ކުޅިވަރުތެރެއިން ބޮނޑި ކުޅުމުގެ މުބާރާތުގެ އަންހެން ޗެންޕިއަންކަން ތިލަފުށިން ހޯދައިފިއެވެ. އަނެއްކޮޅުން މިޓީމާއި ބައްދަލުކޮށްފައިވަނީ 3 ހަރުގެއިންނެވެ.

ނިލަންދޫގެ ކުނިގޮނޑާއި ގުޅުވައިގެން ނަންދީފައިވާ މި މިޓީމުން ޗެންޕިއަންކަން ހޯދީ 36 ޕޮއިންޓް 116 ޕޮއިންޓްގެ ތަފާތަކުންނެވެ.

މުބާރާތެއްގެ ސިފައިގައި މުޅިން އަލަށް ނިލަންދޫގައި ބޭއްވި މި މުބާރާތުގައި ތިލަފުށި ޓީމުން އާދަޔާޚިލާފު މޮޅުކުޅުމެއް ދައްކާފައިވެއެވެ. މުބާރާތް ކުރިޔަށް ގެންދިޔައީ ޢީދު ފާހަގަކުރުމަށް ނިލަންދޫ ކައުންސިލުން އެކުލަވާލި ޓާސްކްފޯސް ކޮމެޓީން ހެދި ގަވައިދެއްގެ ދަށުންނެވެ.

މިއީ މިގޮތަށް ބޮނޑި މުބާރާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރުކަމަށްވަނީ އެނގިފައެވެ.

ބޮނޑީގެ އިތުރުން, މަންޑިއާއި ލޮނި ކުޅުމުގެ މުބާރާތްވެސް ދަނީ ކުރިޔަށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*