ޑޭލައިޓް ވޮލީ މުބާރާތް: ފައިނަލަށް ފިނިފެންމާ ސްޓާސްއާއި ނީލް

އަލްޙާ ޢީދާ ގުޅިގެން ޑޭލައިޓް ކްލަބުން އިންތިޒާމްކޮށް ބާއްވަމުންދާ އަންހެން ވޮލީ މުބާރާތުގެ ފައިނަލަށް ފިނިފެންމާ ސްޓާސްއާއި ނީލް ހިގައްޖެއެވެ.

މިއަދު ހަވީރު ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗްގައި އެސްޖީސީއާއި ބައްދަލުކޮށް 3 ސެޓް 2 ސެޓުން މެޗް ކާމިޔާބުކުރީ ފިނިފެންމާ ސްޓާސްއެވެ. މި މެޗް ވެގެން ގޮސްފައިވަނީ މި މުބާރާތުގަ ކުޅެވުނު އެންމެ ވާދަވެރި މެޗަށެވެ. މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ފިނިފެންމާގެ ޖޫޒަންއެވެ.

މިރަެ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗް ނީލްއިން ކާމިޔާބުކުރީ 3 ހަރުގެއާއި ބައްދަލުކޮށް 3-1 ސެޓުންނެވެ. މި މެޗްގައިވެސް ދެޓީމުންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗްގެ ފުރަތަމަ ދެސެޓް ނީލްއިން ކާމިޔާބުކޮށްފައި ވަނިކޮށް ވަރަށް މޮޅަށްކުޅެ ތިން ހަރުގެއިން ވަނީ ތިންވަނަ ސެޓް ހޯދައެފައެވެ. ހަތަރުވަނަ ސެޓް ނީލްކޮޅަށް އެނބުރުނީ 21 ޕޮއިންޓާ ހަމްއަށް 3 ހަރުގެއިން ލީޑްނަގާފައިވަނިކޮށް ފަހަތުންއަރާ ސެޓް ކާމިޔާބުކޮށްގެނެވެ.

މި މެޗްގެ ރާނީއަކަށް ހޮވުނީ ނީލްގެ ތަހޫރާއެވެ.

މި މެޗް ފެނުނީ ފަހަކަށް އައިސް ސަޕޯޓަރުންގެ ޖޯޝްވެސް އެންމެ ވަރުގަދަ މެޗްގެ ގޮތުގައެވެ.

 

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*