ދިވެހިބަސް ތާޒާކުރުމުގެ ބައްދަލުވުން ނިމިއްޖެ

ދިވެހިބަސް ތާޒާކުރުމަށް މުދައްރިސުންނަށް އަމާޒުކޮށް ފއތމ ގައި ހިންގި ބައްދަލުވުންމާއި ފއތމ ގެ ސާނަވީ ގްރޭޑްތަކުގެ ދަރިވަތުންނަށް ދިވެހިބަސް އުނގަންނައިދިނުމުގެ ބައްދަލުވުން ރޭ ނިމިއްޖެއެވެ.

މުދައްރިސުންގެ ބައްދަލުވުމުގައި ޖުމްލަ 15 މުދައްރިސުން ބައިވެރިވިއެވެ. އޭގެ ތެރޭގައި  ހިމެނެނީ ނިލަންދޫގެ 11 ބައިވެރިންނާއި ދ.މީދޫގެ 4 ބައިވެރިންނެވެ.

ރޭގަ ބޭއްވި ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނިލަންދޫ ދާއިރާގެ މެންބަރު ޑރ ޢަބުދުﷲ ޚަލީލްއެވެ. ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިން ހާމަކުރިގޮތުގައި މިބައްދަލުވުން ވެގެންގޮސްފައިވަނީ ވަރަށްގިނަ މުހިންމު މަޢުލޫމާތުތަކެއް ލިބިގެން ދިޔަބައްދަލިވުމަކަށެވެ.

ދިވެހިބަހުގެ މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވީ ޑރ އަޝްރަފް ޢަބުދުއްރަޙީމްއާއި ޢަބުދުލް ޤާދިރު އިސްމާޢީލްއާއި ޢަބުދުއްރަޙްމާން ޙަސަންއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*