ޑޭލައިޓް ވޮލީ މުބާރާތް: އެސްޖީސީގެ މައްޗަށް ނީލް ކުރިހޯދައިފި

ފ.ނިލަންދޫގައި މިހާރު ކުރިޔަށްދާ ޑޭލައިޓް އަންހެން ވޮލީ މުބާރާތުގައި ރޭ ކުޅުނުމެޗްގައި އެސްޖީސީގެ މައްޗަށް ނީލްއިން ކުރިހޯދައިފިއެވެ.

ވަރަށް ވާދަވެރިކޮށް ފެށުނު މިމެޗްގެ ފުރަތަމަ ސެޓް އެސްޖީސީން ކާމިޔާބުކުރީ 22-25 އިންނެވެ. ޖެހިގެން އައި ސެޓްތަކުގައި ނީލްއިން ކުޅުން ވަރުގަދަކޮށް ޖެހިޖެހިގެން 3 ސެޓް ކާމިޔާބުކޮށް, މެޗްކާމިޔާބުކުރިއެވެ.

މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ނީލްގެ ޖާޒީ ނަންބަރު 6 ތަހޫރާއެވެ.

މިމެޗް ނިމުމާއެކު ސެމީގައި ބައްދަލުކުރާނެ ޓީމުތައް ކަށަވަރުވީއެވެ. އެގޮތުން މިރޭ ކުޅޭ ސެމީގެ ފުރަތަމަ މެޗްގައި ނީލްއާއި ބައްދަލުކުރާނީ 3 ހަރުގެއާއިއެވެ. އެސްޖީސީ ޖެހޭނީ ހުކުރުދުވަހު ފިނިފެންމާ ސްޓާއާއިއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*