ދިވެހިބަސް ކިޔަވާދިނުމުގެ ބައްދަލުވުމެއް ފއތމ ގައި ފަށައިފި

ދިވެހި ބަސް ކިޔަވަދޭ ޓީޗަރުންނާއި ފއތމގެ ގްރޭޑް 10, 11, އަދި 12 ގެ ދަރިވަރުންނަށް ދިވެހިބަސް އުނގަންނައިދީ އަދި ތާޒާކުރުމުގެ ބައްދަލުވުމެއް ރޭ ފއތމގައި ފަށައިފިއެވެ. ފއތމ އިން އިންތިޒާމްކޮށްގެން ހިންގާ މި ބައްދަލުވުމުގައި ކިޔަވައިދެއްވަނީ ދިވެހިބަހުގެ ފުންނާބު އުސް 3 މުދައްރިސުން ކަމުގައިވާ ޑރ. އަސްރަފް ޢަބްދުއް ރަޙީމްއާއި. ޢަބްދުލް ޤާދިރު އިސްމާޢީލް އާއި ޢަބުދުއްރަޙްމަަން ޙަސަންއެވެ.

ދަރިވަރުންނާއި ދިވެހިބަހުގެ މުދައްރިސުންނަށް ވަކިވަކިން ހިންގާ މި ބައްދަލުވުމުގައި ބަހުގެ ހަމަތަކާއި އިމްތިޙާނަށް ތައްޔާރުވާއިރު ދަރިވަރުން ސަމާލުކަންދޭންވީ ނުކުތާތަކުގެ މައްޗަށް ވަރަށް ތަފްސީލްކޮށް މަޢުލޫމާތު ދޭނެކަމަށް މި ބައްދަލުވުން އިންތިޒާމްކޮށް ހިންގުމުގައި ހަރަކާތްތެރިވާ ފއތމ ގެ ދިވެހި މުދައްރިސް ޢަލީ މުޙަންމަދު ހާމަކުރެއްވިއެވެ.

2 ދުވަހަށް ދެމިގެންދާ މި ބައްދަލުވުމުގައި ފ.އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން ދ.މީދޫގެ މުދައްރިސުންވެސް ދަނީ ބައިވެރިވަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*