ފއތމގެ ކެޑޭޓް ކޭންޕް މިއަދު ފަށައިފި

ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓް ކޭމްޕް މިއަދު ފަތިހު ފއތމ ގައި ފަށައިފިއެވެ. ސްކޫލުގެ 46 ދަރިވަރުން ބައިވެރިވާ މިކޭންޕްގައި ލައިފް ސްކިލްސްގެ ތަފާތު ޙަރަކާތްތަކުގެ އިތުރުން ބައެއް މުހިންމު މަޢުލޫމާތުވެސް ބައިވެރިންނަށް ދިނުން އޮންނާނެއެވެ.

މިއަދު ފަތިހު 5:30 ގަ ފެށި މިކޭންޕް ތިން ދުވަހަށް ދެމިގެންދާނެ ކަމަށްވެއެވެ. ކޭންޕްގައި ސިއްޙަތާއި ބެހޭ މަޢުލޫމާތާއި, ދީނީ ބައެއް މަޢުލޫތަކަށް އެކިއެކި ބޭފުޅުން މަޢުލޫމާތު ދެއްވަން ވަޑައިގަންނަވާނެ ކަމަށް ވެއެވެ.

ކެޑޭޓުން މޫދުގެ ޙަރަކާތުގައި
ކެޑޭޓުން މޫދުގެ ޙަރަކާތުގައި

ފއތމ އަކީ މިސަރަޙައްދުގައި އެންމެ ފުޅާކޮށް ކެޑޭޓްގެ ޙަރަކާތްތައް ހިންގާ ސްކޫލެވެ. ސްކޫލުގައި މިޙަރަކާތުގެ ތެރެއިން ބޭންޑްގެ ޙަރަކާތްވެސް ފއތމ ގައި ވަނީ ފެށިފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*