
އިސްލާމީ ތާރީޚުދުށް އެންމެ ވަރުގަދަ މުޖާހިދުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޢިރާޤުގެ ކުރީގެ ރައީސް ޞައްދާމް ޙުޞައިންގެ ފަހު ވަގުތުކޮޅުވެސް އެމަނިކުފާނުވަނީ ހިތްވަރުފުޅުގަދަ ކަމުގެ ލާމަސީލު ނަމޫނާ ދައްކަވާފައެވެ.
މީގެ 10 އަހަރު ކުރިން ބޮޑު އީދުގެ ފުރަތަމަ ދުވަހަށް އިރުއެރުމާއެކު، އެންމެހާ މުސްލިމުން އުލްހިޔާ ކަތިލުމަށް އަވަސްވެގަތް ވަގުތު ވެގެން ދިޔައީ، އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން އިރާޤުގެ ގޮނޑިކޮއްކޮ ސަރުކާރާ ގުޅިގެން، އެ ޤައުމުގެ އިންތިހާބީ ރައީސް ސައްދާމް ހުސައިން ދަންޖައްސައި މަރާލި ދުވަހަށެވެ. އެއީ މީލާދީ ސަނަތުން، 2006 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހެވެ.
ކާފަރުންގެ އަނިޔާވެރިކަމުގެ ދަށުގައި ގޮނޑިކޮއްކޮ ފަނޑިޔާރަކު ލައްވާ ގޮނޑިކޮއްކޮ ކޯޓެއްގައި ޙުކުމް އިއްވާ ދަންޖައްސާ ޝަހީދު ކޮށްލުމަށް ފަނޑިޔާރު ޙުކުމް އިއްވަމުން ދިޔަ ވަގުތު ވެސް އަޑު ހަރުކޮށް މުސްލިމުންގެ ހިތްވަރުފުޅުގަދަ ލީޑަރު ވިދާޅުވަމުން ގެންދެވީ ” الله أكبر? الله أكبر? الله أكبر ”
الله أكبر ގެ ނަޣުރާއިން ކޯޓުރޫމު ގުގުމާލަންދެން ޞައްދާމުގެ ބަސްފުޅަކަށްވީ ހަމައެކަނި ﷲ الله أكبر އެވެ. ކޯޓު ރޫމުގައި ވެސް އެމަނިކުފާނު އިންނެވީ ކީރިތި ޤުރުއާން މުސްޙަފެއް ހިއްޕަވައިގެންނެވެ.
ޝަހީދު ކޮށްލުމުގެ ކުރިން އެންމެ ފަހުން އެމަނިކުފާނު ދުނިޔެމަތިން އެދިވަޑައިގަންނަވަނީ ކޮންކަމެއްތޯ ސުވާލު ކުރުމުން އެދިވަޑައިގަތީ ދެ ރަކުޢަތުގެ ނަމާދެއް ކޮށްލުމަށް ފުރުޞަތު ދެއްވުމަށެވެ. ކާފަރުން އެ ފުރުޞަތު ޞައްދާމަށް އެރުވުމުން އެމަނިކުފާނު ވަނީ ދެ ރަކުޢަތުގެ ނަމާދެއް ކުރައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ކީރިތި ޤުރުއާން މުސްޙަފެއްގައި ބޮސްދެއްވައި އަލްވަދާޢު ވިދާޅުވެފައެވެ.
ދަންޖައްސާ މަޅިގަނޑަށް އެމަނިކުފާނުގެ އިސްތަށިފުޅު މަހާފައި ބަހައްޓައިގެންވެސް ޝިއައީ ކާފަރުން ވަނީ ހުތުރުކަން ބޮޑު އެއްޗެތި އެމަނިކުފާނަށް ގޮވާފައެވެ. އެހެން ނަމަވެސް އެ ކުނިހުތުރު ފުޅައަށްވެސް ޞައްދާމު ވަނީ ހިތްވަރުފުޅު ގަދަ މުޖާހިދެއް ފަދައިން ރައްދު ދެއްވާފައެވެ.
ޞައްދާމު ޝަހީދު ކޮށްލުމުގެ ކުރިން އެންމެ ފަހުން ވިދާޅުވި ބަސްފުޅަކީ ކޮބައިތޯއެވެ؟ މި އަނިޔާވެރި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ވިދާޅުވުމުގެ ކުރިން އެންމެ ފަހު ބަސްފުޅެއްގެ ގޮތުގައި ޞައްދާމު ވިދާޅުވީ “ފަލަސްޠީނަކީ އަހަރުމެން ޢަރަބިންގެ ބިން” ކަމަށެވެ.
އެއަށްފަހު ޝަހާދަތުގެ ދެކަލިމަ ވިދާޅުވާން ފެއްޓެވިއެވެ. އެއްފަހަރު ފުރިހަމަ އަށް ޝަހާދަތް ވިދާޅުވެ ދެވަނަ ފަހަރަށްވެސް ޝަހާދަތް ވިދާޅުވާން ފެއްޓެވިއެވެ.
އޭރު ރުޅިދަގަވެފައިތިބި ކާފަރު ޝިޔަޢީ އޫރުތައް ތިބީ ސުންނީން ވިދާޅުވާފަދައިން ޞައްދާމު ޝަހާދަތުގެ ދެ ކަލިމަ ވިދާޅުވާތީ ކަނި ބުރަބުރައެވެ. ދެވަނަ ފަހަރަށް ޝަހާދަތް ފުރިހަމަ ކުރެއްވުމުގެ ފުރުޞަތު ވެސް ޞައްދާމަށް ނުދެއްވާ ކާފަރުންގެ ގޮނޑިކޮއްކޮތައް ޞައްދާމު ޝަހީދުކޮށްލީ މުސްލިމުންގެ ޢީދު ދުވަހުގައެވެ.
އެމަނިކުފާނު ޝަހީދު ކޮށްލެވުނީ މުސްލިމުންގެ ޢީދު ދުވަހުގައެވެ. ﷲ އަށް ޤުރުބާން ކުރަން މުސްލިމުން ފަށާވަގުތުގައެވެ.
އިސްލާމީ އުއްމަތަށް ޓަކައި ކެރިގެން ޤުރުބާންވެ ވަޑައިގެންނެވި މަތިވެރި ޝަހީދެއްގެ ގޮތުގައި ﷲގެ ރަޙުމަތުގެ ތަނަވަސް ކަމަށް ޞައްދާމު ޙުޞައިން ދަތުރުފުޅު ކުރައްވައި މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ވިދާޅުވީ އުއްމަތަށް ވެ ވަޑައިގެންނެވި ޤުރުބާނެއްގެ ގޮތުގައެވެ.
ޚިޔާލު ދެއްވުމަށް