ޢީދު ވަރަށް ފޯރިއާއިއެކު ނިލަންދޫގަ ފަށައިފި

މިއިން ޒަމާނަކުވެސް ޢީދެއް ފާހަގަނުކުރާހާ ކުލަގަދަކޮށް އަލްޙާޢީދު ނިލަންދޫގައި ފާހަގަކުރްމުން އެބަދެއެވެ. އެގޮތުން ޢީދު ނަމާދަށްފަހު ޢީދުކުޅިވަރުތައް ފެށީ ހުޅަނގު ބަނދަރުގައެވެ.

މިއަދު އެންމެ ފުރަތަމަ އޮތީ މަންޑި މުބާރާތްކުރިޔަށް ގެންދިއުމެވެ. މި ބުރާތަކީ ދެޖިންސަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ. މީގެ އިތުރުން ބޮންޑި ކުޅުމުގެ މުބާރާތެއްވެސް ދެޖިންސަށް އަމާޒުކޮށް މިއަދުވަނީ ފަށާފައެވެ. މި މުބާރާތްތަކުގައި ޓީމުތައް ހަދައި ވަރަށް ވާދަވެރިކޮށް ކުޅިވަރުތައް ދަނީ ކުޅެމުންނެވެ.

ބޮނޑި ވެގެން ގޮސްފައިވަނީ މި ފަހުގެ ތާރީޚެއްގައި އެންމެ ގިނަޢަދަދެއްގެ މީހުން ކުޅިބަލަން ނުކުތް ކުޅިވަރަށެވެ.

ގިނަޢަދަދެއްގެ ބަޔަކު ކުޅިބަލަން ނުކުންނައިރު, ޢީދު ކުޅިވަރުތައް ބެލުމަށް ގާތްގަނޑަކަށް ހާހަކަށްވުރެ ގިނަ މީހުން މި ޢީދުގައި ނިލަންދޫއަށް އައިސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކުޅިވަރުތަކުގެ އިތުރުން ޑޭލައިޓް ކްލަބުން ދަޢުވަތުދީގެން ކ.ކާށިދޫ ގްރޫޕެއްގެ މިޔުޒިކް ޝޯއެއްވެސް މިރޭ ނިލަންދޫ އިރުމަތީ ބަނދަރުގައި ކުރިޔަށް އެބަދެއެވެ. މި ޝޯ ބެލުމަށްވެސް ގިނަ ޢަދަދެއްގެ ކުދިބޮޑު މީހުންވަނީ ޖަމާވެފައެވެ.

ޢީދުގެ ތަފާތު ކުޅިވަރުތައް މާދަމާވެސް ނިލަންދޫގައި ކުރިޔަށްދާނެއެވެ.

ކުޅިވަރުތައް ރާވާ ހިންގުމުގައި ނިލަންދޫ ރަށު ކައުންސިލްގެ ސިވިލް ސަރވިސް މުވައްޒަފުން ދަނީ ހީވާގިކަމާއެކު ޙަރަކާތްތެރިވަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*