ރަޝީދާމަންޒިލް ގޯތީގައި ނަޖިސް، ޙައްލުކުރާނެ މީހަކުނެތް

ޢީދު މިސްކިތް މަގުން ނަޖިސް އަރާތީ، އެކަމާ ކަންބޮޑުވެގެން މީހަކު މަގު ބައްދަނީ (ފޮޓޯ: އެފްބީ)

ނިލަންދޫ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުނުވެ ރަށުގެ އެކި ގޯތިތަކުން ނަޖިސްއަރަމުން އެބަދެއެވެ. އެގޮތުން ރަޝީދާމަންޒިލް ގޯތީގައި ހުރި ޖަންކްޝަނުން ނަޖިސްއަރާތާ މިހާރު އެތައް ދުވަހެއްވެފައިވާކަމަށްވެއެވެ. މި މައްސަލަ ކައުންސިލަށް އެތައްފަހަރަކު ރިޕޯޓްކޮށްފައި ވީނަމަވެސް އެކަމަށް މިއަދާ ހަމައަށްވެސް ޙައްލެއް ނައުމުގެ ސަބަބުން، އެގޭބައެއް މީހުން އިއްޔެކައުންސިލަށް ގޮސްވަނީ ޝަކުވާކޮށްފައެވެ.

އެނގިފައިވާ ގޮތުގައި، އެމީހުން ކައުންސިލަށް އެމައްސަލަ ހުށަހަޅަން ދިޔައިރު ކައުންސިލަރަކު ނެތުމުން، ކައުންސިލްގެ މުވައްޒަފެއް ކައުންސިލްގެ ރައީސަށާއި ބައެއް މެންބަރުންނަށް ގުޅާ، އެމީހުން ޝަކުވާއާއިގެން އައިސްފައިވާކަމަށް ދަންނަވާފައިވެއެވެ. ނަމަވެސް ޝަކުވާތައް އަޑުއެހުމަށް އެއްވެސް ކައުންސިލަރަކަށް ކައުންސިލްގެ އިދާރާއަށް ދިއުމަށް ވަގުތުނުވި ކަމަށްވެއެވެ.

އެންމެފަހުން، ޝަކުވާއާއިގެން ކައުންސިލަށް ދިޔަފަރާތްތައް ނިންމީ އިދާރާ ބަންދުކުރިޔަސް އެތަނުގައި މަޑުކުރުމަށެވެ. އެވާހަކަ ކައުންސިލްގެ ރައީސަށް ދެންނެވުމުން، “މިވަގުތު ދެވޭކަށްނެތް، ފުލުހުންނަށް އަންގައިގެން އެމީހުން އެތަނުންނެރޭ” ށޭ ބުނެފައިވާކަމަށް މިކަން ވަރަށް ކައިރިން ހިނގިގޮތް ދެނަހުރި ކައުންސިލްގެ މުވައްޒަފެއް “ނިލަންދެ”އަށް ކިޔާދިނެވެ.

ނަރުދަމާ ނިޒާމާއި ގުޅޭ ޝަކުވާތައް ކިތަންމެ ގިނަވެފައި، ރައްޔިތުންނަށް ތުރާވަމުން ދިޔަ ނަމަވެސް، މިކަންކަން ޙައްލުކުރުމަށް ކައުންސިލްގެ ރޭވުންތެރިކަމަެއް ހުރިކަމަކަށް ނުފެނެވެ. އަދި ނިލަންދޫއަށް ދިމާވެފައިވާ މައްސަލަތަކުގައި ކައުންސިލް ފެންނަނީ ޒިންމާދާރުކަން ކުޑަ، ކަންފަސޭހަ ތަނެއްގެ ގޮތުގައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*