ކޯލާ އައުނު ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗްތަކުން ބީސީ އަދި ފަހުލަވާން މޮޅުވެއްޖެ

ރޭ ދަރަބޫދޫގައި ފެށި އެފްޑީސީ ކޯލާއައުނު 7 ވަނަ ފުޓްސަލް މުބާރާތުގައި ކުޅެވުނު ފުރަތަމަ މެޗްތަކުން ދަރަބޫދޫ ބީސީ އަދި ނިލަންދޫ އެފްސީ ފަހުލަވާން މޮޅުވެއްޖެ އެވެ.

މުބާރާތް ހުޅުވި މެޗްގައި ނިލަންދޫ ތިންހަރުގެ ޓީމާ ބައްދަލުކޮށް ބީސީން މިމެޗް ކާމިޔާބު ކޮށްފައިވަނީ 0-3 އެވެ. މިމެޗްގައި ބީސީގެ އިބްރާހީމް އަޙުމަދު 2 ލަނޑު ޖެހިއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މަޙުމޫދު ޝިޔާމެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަަކަށް ހޮވިފައިވަނީ ބީސީގެ ޖާރޒީ ނަމްބަރު 10 ހިޝާމް އެވެ.

މުބާރާތުގެ ދެވަނަ މެޗުން ނިލަންދޫ އެފްސީ ފަހުލަވާން މޮޅުވެފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ބިލެތްދޫ ރީޔޫނިއަން 2-3 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ.

މެޗް ފެށުނުތަނާހެން ފަހުލަވާންގެ ކެޕްޓަން އަޒުހާން ލަނޑެއް ޖަހައި ފަހުލަވާންއަށް ކުރި ހޯދާދީފައި ވަނިކޮށް، ފުރަަތަމަ ހާފު ނިމުމުގެ ކުރިން ރިޔޫނިއަންގެ ރޮނާވަނީ ފަހުލަވާން ކޮޅަށް ދެގޯލް ޖަހާފައި އެވެ. ނަމަވެސް ދެވަނަ ހާފުގައި ފަހުލަވާންގެ ކުޅުން އިތުރަށް ރަނގަޅުކޮށް، އެޓީމްގެ ނަބީލް އާއި ކެޕްޓަން އަޒުހާން ވަނީ އިތުރު ދެ ގޯލް ޖަހައި ފަހަތުން އަރާ މެޗުން މޮޅުކޮށްދީފައި އެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފަހުލަވާން އަށް ދެ ގޯލް ކާމިޔާބުކޮށްދިން އެޓީމުގެ ކެޕްޓަމް އަޒުހާން ޚަލީލެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*