ޑޭލައިޓް ވޮލީ މުބާރާތް: ފުރަތަމަ މެޗް ނީލްއަށް ދެވަނަ މެޗް ފިނިފެންމާ ސްޓާސްއަށް

ޑޭލައިޓް އަންހެން ވޮލީ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗް ފަސޭހަކަމާއެކު ނީލް އިން ކާމިޔާބުކޮށްފިއެވެ. އަނެއްކޮޅުން ބައްދަލުކުރީ ފަހުލަވާންއެވެ. މި މެޗުން ފަހުލަވާން ބަލިވުމާއެކު އެޓީމު އެވަނީ މުބާރާތުގެ ސެމީފައިނަލުން ކަޓާފައެވެ.

އެއްވެސް ވާދަވެރިކަމެއް ނެތް މިމެޗްގެ ފުރަތަމަ ދެ ސެޓް ނީލް އިން ކާމިޔާބުކުރިއިރު. މިއިން ކޮންމެ ސެޓެއްގަވެސް ފަހުލަވާނަށް ޕޮއިންޓް ލިބިފަވަނީ ދިހަޔަކުން ދަށުންނެވެ.

މި މެޗްގެ ރާނީއަކަށް ހޮވުނީ ނީލްގެ ޖާޒީ ނަންބަރު 6 ތަހޫރާއެވެ.

މި މުބާރާތުގަ މިރޭ ކުޅުނު މެޗް އެސްޖީސީ އާއި ބައްދަލުކޮށް 3 ސެޓް 1 ސެޓުން މެޗް ކާމިޔާބުކޮށްފައިވަނީ ފިނިފެންމާ ސްޓާސްއިންނެވެ. މެޗްގެ ދެވަނަ ސެޓްގައި އެސްޖީސީންވަނީ ވަރަށް ވާދަވެރި ކުޅުމެއް ދައްކާފައެވެ. އެސްޖީސީގެ ކުޅުންތެރިންނަށް ސަރވިސް ނުކުރެވުމުގެ ސަބަބުން ފިނިފެންމާ ސްޓާސްއަށް ގިނަ ޕޮއިންޓްތަކެއް ލިބިފައިވެއެވެ.

މެޗްގެ ރާނީއަކަށް ހޮވުނީ ފިނިފެންމާ ސްޓާރސްގެ ޖާޒީ ނަންބަރު 10, ޖޫޒާންއެވެ.

މިސެޓުން މޮޅުވުމާއެކު ފިނިފެންމާ ސްޓާސްއިން އެވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*