މިއަދުގެ މެޗްތައް އެސްޖީސީއާއި ތިން ހަރުގެއަށް

އަލްހާ ޢީދާ ގުޅިގެން ނިލަންދޫގަ މިހާރު ކުރިޔަށްދާ ޑޭލައިޓް ވޮލީ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗް ފަހުލަވާން އާއި ބައްދަލުކޮށް ސީދާ 3 ސެޓުން އެސްޖީސީން ހޯދައިފި އެވެ. މާފޯރިއެއް ނެތް މިމެޗްގެ ރާނީ އަކަށް ހޮވުނީ އެސްޖީސީގެ ޖަރޒީ ނަންބަރު 6 ރިޝްފާއެވެ.

މަރުން ސަލާމަތްވުމަށް ދޭތިން އެކައްޗަށް އެންވައިޖީން ހިފިނަމަވެސް 3 ސެޓް 1 ސެޓުން މިރޭ ކުޅުނު މެޗް ކާމިޔާބު ކުރީ 3 ހަރުގެއިންނެވެ. މުޅި މެޗްގައިވެސް 3 ހަރުގެ އިތުބާރާއެކު ކުޅޭ ޓީމެއްގެ ގޮތުގައި ފެނުނު ނަމަވެސް އެންވައިޖީގެ ޓީމު ކޯޓުމަތިން ފެނުނީ ކުޅުންތެރިންގެ ގުޅުން ކުޑަ ޓީމެއްގެ ގޮތުގައެވެ.

މިރޭގެ މި މެޗުން ބަލިވުމާގުޅިގެން އެންވައިޖީވަނީ މުބާރާތުން ކަޓާފައެވެ. އަދި ތިން ހަރުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

މިރޭ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ 3 ހަރުގޭގެ ޒީނިޔާއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*