ލާނިންގ ސެންޓަރ ނުހެދިގެން ކިޔަވަން ރަށުން ބޭރަށް ދާކަށް ނުޖެހޭނެ: ނިލަންދޫ ކައުންސިލް

ލާނިންގ ސެންޓަރ ނުހެދިގެން ނިލަންދޫގައި މަތީތަޢުލީމަށް ކިޔަވާ ދަރިވަރުން އެދަރިވަރުން ހަދާކޯސްތަކުގައި ކިޔަވަން ރަށުން ބޭރަށް ދާން ނުޖެހޭނެ ކަމުގެ ޔަގީންކަން ނިލަންދޫ ރަށު ކައުންސިލުން މިއަދު ދަރިވަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ދީފިއެވެ. މިބައްދަލުވުމުގައި ނިލަންދޫ ރަށު ކައުންސިލްގެ ހުރިހާ ކައުންސިލަރުންނަައި ޒިންމާދާރުވެރިޔާ ބައިވެރިވެލެއްވިއެވެ.

ދަރިވަރުންނާއެކު މިއަދު 1:00 ގައި ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ބައްދަލުވުމުގައި ލާނިންގ ސެންޓަރު ޢިމާރާތުގައި ހަދަންޖެހޭ ކްލާސްރޫމާއި ކުރަންހުރި އެހެނިހެން މަސައްކަތް ވަރަށް އަވަހަށްކޮށް ނިންމާނެކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ. މަސައްކަތް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ތިން ކޯޓޭޝަން ވެސް މިހާރު ނަގާފައިވާނެކަމަށް އެ ބައްދަލުވުމުގައި ހާމަކޮށްފައިވެއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވި ބައެއް ދަރިވަރުން
މިއަދުގެ ބައްދަލުވުމަށް ހާޒިރުވި ބައެއް ދަރިވަރުން

ނިލަންދޫ ރަށު ކައުންސިލުން ދަރިވަރުންނާ ބައްދަލުކޮށްފައި މިވަނީ ލާނިންގ ސެންޓަރުގެ ޢިމާރާތުގައި ކިޔަވައިދޭން ނުފެށިއްޖެނަމަ ނިލަންދޫގަ ފަހިވެފަވާ މަތީތްޢުލީމުގެ ފުރުސަތުތައް ނިމުމަކަށް އަތުވެދާނެތީ އެކަމުގެ ކަންބޮޑުވުން ކޯސްތަކުގައި ކިޔަވާ ދަރިވަރުން ކައުންސިލާ މީގެ ކުރިން ބައްދަލުކޮށް ފާޅުކޮށްފައިވާ ވަގުތެއްގައެވެ.

ލާނިންސެންޓްރުގެ މަސައްކަތްތައް ނިންމުމަށް, އެސެންޓަރު ހުޅުވިއިރު ކައުންސިލުން 2 ލައްކަ ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައި ވިޔަސް މިއަދާ ހަމައަށްވެސް އެތަން ތަރައްގީކުރުމުގެ އެއްވެސް މަސައްކަތެއް ކައުންސިލުން ކޮށްފައެއް ނުވެއެވެ. އެހެންކަމުން ކޯސްތައް ހިންގަމުން ދިޔައީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*