ޑޭލައިޓް ވޮލީ މުބާރާތް ފަށައިފި

މެޗްތައް ކާމިޔާބުކުރީ 3 ހަރުގެ އަދި ފިނިފެންމާ ސްޓާސް

އަލްޙާ ޢީދާ ދިމާކޮށް ފ.ނިލަންދޫ ޑޭލައިޓް ކުލަބުން ހިންގާ ވޮލީ މުބާރާތް މިއަދު ހަވީރު ނިލަންދޫ ޒުވާނުންގެ މަރުކަޒު ވޮލީ ކޯޓުގައި ފަށައިފިއެވެ. މި މުބާރާތް ފައްޓަވައި ދެއްވީ ގައުމީ ފެންވަރުގެ ކުޅިވަރުތްކުގްއި ފާހަގަކުތެވޭ ފ.ނިލަންދޫ ޕާމްލޮޖް އާމިނަތު ޢަލީ އެވެ.

މިއަދު ބައްދަލުކުރި ފުރަތަމަ މެޗުގައި އެސްޖީސީ ޖޫނިއަސްއާއި ބައްދަލުކޮށް 3 ހަރުގެއިންވަނީ ސީދާ 3 ސެޓުން ފަސޭހަ މޮޅެއް ހޯދާފައެވެ.

މެޗްގެ މޮޅުކުޅުންތެރިޔާއަށް އާމިނަތު ޢަލީ ޓްރޮފީ ޙަވާލުކުރަނީ
މެޗްގެ މޮޅުކުޅުންތެރިޔާއަށް އާމިނަތު ޢަލީ ޓްރޮފީ ޙަވާލުކުރަނީ

މިރޭ ކުޅުނު މުބާރާތުގެ ދެވަނަ މެޗްގައި ބައްދްލުކުރީ އެންވައިޖީ އާއި ފިނިފެންމާ ސްޓާސް އެވެ. އެންވައިޖީން ވަރަށް ވާންކުރި މިމެޗް ވެސް ސީދާ 3 ސެޓުން ކާމިޔާބުކުރީ ފިނިފެންމާ ސްޓަސް އެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމަށްވެސްކުޅޭ މާޖިދާއެވެ.

މަޢުލޫމާތު ލިބޭގޮތުގައު ގައުމީ އަންހެން ވޮލީބޯޅަ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުން ފެނިގެންދާނެއެވެ.

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*