ގަބުރުސްތާނު ވަށާފާރު މަރާމާތު ކުރުމަށް ތިންލައްކަ ރުފިޔާ ސަރުކާރުން ދެއްވައިފި

ނިލަންދޫ ސަހަރާ ހިމެނޭ ސަރަޙައްދުގެ ގޫގްލްއާތު ފޮޓޮއެއް

ފ.ނިލަންދޫ ގަބުރުސްތާނުގެ ވަށާފާރު މަރާމާތު ކުރުމަށް ތިންލައްކަ ރުފިޔާ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއިން ފ.ނިލަންދޫ ކައުންސިލަށް މިއަދު ޖަމާކޮށްދީފި ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބުދުﷲ ޚަލީލް އޭނާގެ ފޭސްބުކް ޕޭޖްގައި މިއަދު ހާމަކުރައްވައިފިއެވެ.

މިފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ގަބުރުސްތާނުގެ ވަށާފާރުން ވެއްޓިފައިވާ ތަންންތަން ރޭނުމަށާއި ވަށާފާރުގެ ވަށާ ސިމެންތި ޖެހުމަށްކަމަށް ޚަބަރު ލިބެއެވެ.

ނިލަންދޫގެ ގަބުރުސްތާނު ފާރު އެޅިގަލުން މީގެ 10 ވަރަކަށް އަހަރުކުރިން ރާނާފައިވިޔަސް ފާރުގައި އެއްވެސް ވަރަކަށް ސިމެންތި ޖަހާފައެއްނުވެއެވެ. އަދި އެތަނުގައި މިއަދާ ހަމައަށްވެސް ލައިޓްޖެހިފައި އަދި ފެންލިބޭނެ އިންތިޒާމެއްވެސް ހަމަޖެހިފައެއް ނުވެއެވެ.

ރައީސް ޔާމީން ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން، ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޑރ.ޢަބްދުﷲ ޚަލީލުގެ އެހީތެރި ކަމާއިއެކު ނިލަންދޫގައި މިހެންހުރި މަސައްކަތްތައް ކުރުމަށް ސަރުކާރުން ބޮޑެތި އެހީތަކެއް މެދުނުކެނޑި ދެމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މީގެ ކުރިން ކައުންސިލަށް ޕިކަޕެއް ގަތުމަށް ފައިސާ ދީފައިވާއިރު، ކުނި ގޮނޑު ހެދުމަށް ފަސް ލައްކަ ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ސިޓީ ފޮނުވިތާ ދުވަސްތަކެއްވަނީ ވެފައެވެ.

އަދި މިނޫންވެސް ގިނަ އެހީތަކެއް މިސަރުކާރުން ނިލަންދޫއަށް ވެދެއްވާފައިވާކަން ފާހަގަ ކުރެވެ އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*