ކޯލާއާނު ފުޓްސަލް މުބާރާތުގެ ޓްރޮފީތަކާއި މެޑަލްތައް އޭކޭ ފައުންޑޭޝަނުން ހަދިޔާކޮށްފި

ކޯލާއާނު 7 ފުޓްސަލް މުބާރާތުގެ ތަށިތައް

ފ.ދަރަނބޫދޫގައި ކޮންމެ އަލްޙާ ޢީދަކާ ދިމާކޮށް ބާއްވާ ކޯލާއާނު 7 ވަނަ ފުޓްސަލް މުބާރާތުގެ ޓްރޮފީތަކާއި މެޑަލްތައް އޭކޭ ފައުންޑޭޝަނުން، މުބާރާތްހިންގާ ދަރަބޫދޫ ޒުވާނުންގެ ކްލަބަށް ހަދިޔާކޮށްފި އެވެ.

މިމުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ހުރިހާ ޓްރޮފީ ތަކާއި މެޑެލްތައް އޭކޭ ފައުންޑޭޝަންގެ ފަރާތުން ދިނުމަށް ނިންމާ، އެތަކެތި ދަރަބޫދޫ ޒުވާނުން ކްލަބާއި ހަވާލުކޮށްފައިވަނީ މީގެ ދެ ދުވަސްވަރު ކުރިން ކަމަށް “ނިލަންދެ” އާއި ވާހަކަ ދެއްކި އެ ފައުންޑޭޝަންގެ އިސް ބޭފުޅަކު ހާމަކުރެއްވިއެވެ.

މުބާރާތަށް ބޭނުންވާ އެހީތެރިކަމުގެ އިތުރުން، މިމުބާރާތުގައި ވާދަކުރާ އެކި ޓީމުތަކަށްވެސް އޭކޭ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އެގޮތުން މި އަހަރުގައި ބީސީ ޖޫނިއަރސްއަށް ޖާޒީބައެއް މިފަހަރުވަނީ ހަދިޔާކޮށްފައެވެ.

އޭކޭ ފައުންޑޭޝަންއަކީ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޑރ.ޚަލީލުގެ ނަންފުޅުގައި އުފައްދަވާދައިވާ ފައުންޑޭޝަނެކެވެ. ފައުންޑޭޝަން އުފެއްދެވުމަށްފަހު އެކި ދާއިރާތަކުން ނިލަންދޫ އާއި ދަރަބޫދޫގެ ރައްޔިތުން، އަދި ވަކިން ޚާއްޞަކޮށް އެ ދެ ރަށުގެ ޒުވާނުން ރާވާ ހިންގާ ޙަރަކާތްތަކަށް ފައުންޑޭޝަންގެ ނަމުގައި ތަފާތު އެހީތެރިކަން ދަނީ ފޯރުކޮށް ދެމުންނެވެ.

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*