ކޯލާއާނު ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

އަޟްޙާ ޢީދުގައި ދަރަބޫދޫގައި ބާއްވާ ކޯލާ އާނު 7 ވަނަ ފުޓްސަލް މުބާރާތް ގުރުއަތުލުން އިއްޔެ ބާއްވައިފި އެވެ. .

ދަރަބޫދޫ ޒުވާނުންގެ ކްލަބުގެ ފަރާތުން ބާއްވަމުން އަންނަ މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވާއިރު، ޝެޑިއުލްގައިވާ ގޮތުން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު އެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 11 ޓީމަކުންނެވެ. އަދި އެޓީމުތައް ބަހާލާފައިވަނީ 3 ގްރޫޕަކަށެވެ.

ގްރޫޕްތައް ބެހިފައިވާ ގޮތް:

ގްރޫޕް އޭ: ބީސީ ސްޕޯޓްސް / ދަރަބޫދޫ، 3 ހަރުގެ / ނިލަންދޫ، ވެސްޓް ސިޓީ / ދަރަބޫދޫ، އެސްޖީސީ / ނިލަންދޫ

ގްރޫޕް ބީ: އެފްސީ ފަހުލަވާން / ނިލަންދޫ، ރިޔޫނިއަން / ބިލެއްދޫ، ކަސްމީރު ސިޓީ / ދަރަބޫދޫ، އެންވައިޖީ / ނިލަންދޫ

ގްރޫޕް ސީ: ގަޓް ސިޓީ / ދަރަބޫދޫ، ބީސީ ޖޫނިއަރސް / ދަރަބޫދޫ، ފަހުލަވާން ޖޫނިއަރސް / ނިލަންދޫ

 

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*