އެފްސީ ފަހުލަވާން އަދި އެސްޖީސީ ސްޕޯޓްސް މިއަދު ހަވީރުގެ މެޗްތަކުން މޮޅުވެއްޖެ

އޭކޭ ފައުންޑޭޝަންގެ ފަރާތުން ފިތުރު ޢީދާއި ގުޅިގެން ބާއްވަމުންދާ އޭކޭ ޗެލެންޗް ކަޕްގެ މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުން އެފްސީ ފަހުލަވާނުން، އެސްޖީސީ ނިއު ޖެނެރޭޝަންގެ މައްޗަށް 4-0 ބޮޑު ތަފާތަކުން ކުރިހޯދައިފިއެވެ. އެފްސީ ފަހުލަވާނުން މޮޅަށް ކުޅުނު މި މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޓީމުގެ ޖާޒީ ނަންބަރު 10، އަޔާޒް އެވެ.

މިއަދު ހަވީރު ކުޅުނު ދެވަނަ މެޗްގައި ފަހުލަވާން އާއި ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ އެސްޖީސީ ސްޕޯޓްސްއެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްޖީސީ ސްޕޯޓްސްގެ އަކްރަމް އިސްމާޢީލްއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*