ޑޭލައިޓް ވޮލީބޯޅަ މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވައިފި

ޑޭލައިޓް އަންހެން ވޮލީބޯޅަ މުބާރާތުގެ ގުރުއަތުލުން

އަލްޙާ ޢީދާއި ދިމާކޮށް ޑޭލައިޓް ކުލަބުން ބާއްވަން ހަމަޖައްސާފައިވާ އަންހެން ވޮލީބޯޅަ މުބާރާތުގެ ގުރުއަތުލުން ރޭ ޑޭލައިޓް ކްލަބުގެ އިދާރާގައި ބާއްވައިފިއެވެ.

7 ޓީމުން ވާދަކުރާ މިމުބާރާތުގައި ބައިވެރިވެފައިވަނީ، 3 ހަރުގެ، އެސްޖީސީ ޖޫނިއަރސް، ނިލަންދޫ ޔޫތް ލިންކޭޖް، ފިނިފެންމާ ސްޓަރސް، ފަހުލަވާން، އެސްޖީސީ ސްޕޯޓްސް، އަދި ނިލަންދޫ ޔަންގ ޖެނެރޭޝަން އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް 2 ގްރޫޕަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ، 3 ހަރުގެ، އެސްޖީސީ ޖޫނިއަރސް، ނިލަންދޫ ޔަންގ ޖެނެރޭޝަން އަދި ފިނިފެންމާ ސްޓާރސް އެވެ. ގްރޫޕް ބީގައި ހިމެނެނީ، ފަހުލަވާން، އެސްޖީސީ ސްޕޯޓްސް އަދި ނީލް އެވެ.

މުބާރާތުގެ ފައިނަލް މެޗާއެކު ޖުމްލަ 12 މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ.

ޑޭލައިޓް އަންހެން ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލް

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*