ފ.ނިލަންދޫ ރައްޔިތުންގެ ފިހާރައިގެ އެސިސްޓަންޓް މެނޭޖަރ ލަތީފް އިސްތިއުފާދީފި

ޢަބުދުލް ލަތީފް

ފ.ނިލަންދޫ ރައްޔިތުންގެ ރީޓެއިލް މުދާ ވިއްކާ ފިހާރަ މިދިޔަ އަހަރު ހުޅުވިއިރު އެތަނުގެ އެސިސްޓަންޓް މެނޭޖަރުގެ މަގާމަށް ލެއްވި ޢަބުދުލް ލަތީފް މުޙަންމަދު މިއަދު ހެނދުނު އެމަގާމުން އިސްތިޢުފާ ދީފިއެވެ. އޭނާ އެ މަގާމުން އިސްތިއުފާދިން ވަކި ސަބަބެއް އަދި ވަނީ ކަށަވަރުވާގޮތް ނުވެފައެވެ. ނަމަވެސް އަމިއްލަ އެހެން ވަޒީފާއަކަށް ދިއުމުގެ ޝައުގުވެރިކަން މީގެ ކުރިން އޭނާ ފާޅުކޮށްފައިވިޔަސް އަދި އެކަންވަނީ ކަށަވަރުވާގޮތް ނުވެފައެވެ.

ލަތީފްވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ނިލަންދޫ ރަށު ކައުންސިލްއަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރައްޔިތުންގެ ފިހާރައިން ލަތީފް އިސްތިއުފާ ދީފައި މިވަނީ އެފަހާރައާއި ގުޅޭގޮތުން ރައްޔިތުން ވަރަށް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެނގިފައިވާގޮތުގައި ފިހާރައަށް އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް ފިހާރަ ހިންގަމުން ގެންދަނީ މަހެއްގެ މައްޗަށް ތިރީސް ފަސްހާސް ރުފިޔާގެ ގެއްލުމެއްގައެވެ. ތަނުގެ ކަރަންޓް ފީއާއި މަރާމާތު ހިމެނުމުން ޖުމްލަ ގެއްލުމުގެ ޢަދަދު ބައިލައްކަ ރުފިޔާއަށްވުރެ މަތިވާނެ ކަމަށްވެއެވެ،

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*