ޑޭލައިޓު އަންހެން ވޮލީ މުބާރާތުގައި 7 ޓީމު ބައިވެރިވެއްޖެ

އަންނަ އަޟްޙާޢީދުގައި ޑޭލައިޓް ކްލަބުގެ ފަރާތުން ނިލަންދޫގައި ބާއްވަން ނިންމާފައިވާ އަންހެން ވޮލީ މުބާރާތުގައި ޖުމްލަ 7 ޓީމު ބައިވެރިވެފައިވާ ކަމަށް ނިލަންދެ.ކޮމް އަށް މަޢުލޫމާތު ލިބިއްޖެ އެވެ.

ޑޭލައިޓް ކްލަބުން ކުޅިވަރު މުބާރާތެއް ނުބާއްވާތާ އަހަރުތަކަކަށްފަހު ޢީދުގައި ބާއްވާ ވޮލީ މުބާރާތުގައި ބައިވެރިވެފައިވަނީ އެސްޖީސީ، އެސްޖީސީ2، ނީލް، އެންވައިޖީ، ފަހުލަވާން، 3ހަރުގެ އަދި ފިނިފެންމާ ސްޓާރސް އެވެ.

ޗެމްޕިއަން ޓީމަށް ދިހަ ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ރަށުން ބޭރު ދެ ކުޅުންތެރިން ކުޅުމުގެ ފުރުޞަތު ދީފައިވާއިރު، ބޮޑު އަގު ދީފައި ރާއްޖޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިން ބައެއް ޓީމުތަކުން ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައި ވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*