ދަރަބޫދޫ ޓީމު ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ ޙަފްލާއެއް ބާއްވައިފި

މިނވަން ޗެމްޕިއަމްޝިޕް 2016 މުބާރާތުގައު ދަރަބޫދޫ ޓީމު ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ ޙަފްލާއެއް އެރަށުގައި ބާއްވައިފި އެވެ.

އޮގަސްޓް 30 ވަނަ ދުވަހުގެ ރޭ ދަރަބޫދޫ ސްކޫލް ހޯލުގައި ކުރިއަށް ގެންދެވުނު އެޙަފްލާއަކީ މުބާރާތުގެ ޗެމްޕިއަންކަން ދަރަބޫދޫ ޓީމު ހޯދުމާއި ގުޅިގެން ކުޅުންތެރިންނާއި އޮފިޝަލުންގެ އަގު ވަޒަންކުރުުގެ ގޮތުން ދަރަބޫދޫ ކައުންސިލުން ބޭއްވި ޙަފްލާއެއް ކަމަށް ނިލަންދެ.ކޮމް އަށް މަޢުލޫމާތު ލިބިފައި ވެއެވެ. މި ޙަފްލާގައި ކައުންސިލުންވަނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް، އެފަރާތްތަކުން ކުރި ބުރަ އަދި އަގުހުރި މަސައްކަތް ފާހަގަކޮށް ހަނދާނީ ސެޓްފިކެޓެއް ދީފައެވެ.

މި ޙަފްލާގައި ޗެމްޕިއަންކަން ހޯދި ޓީމުގެ އިތުރުން ކައުންސިލް މެމްބަރުންނާއި ސަރުކާރު އިދާރާތަކުގެ އިސް ބޭފުޅުންނާއި ރަށުގެ ކަމުވޮށިގެންވާ ބޭފުޅުންގެ އިތުރުން ރަށުގެ ކުދިބޮޑު ވަރަށް ގިނަ ރައްޔިތުން ބައިވެރިވެފައި ވެއެވެ.

ހަފްލާ ތެރޭގައި ޗެމްޕިއަން ތައްޓާއިއެކު ފޮޓޯ ނަގަން ބޭނުންވި ފަރާތްތަކަށް ފޮޓޯ ނެގުމުގެ ސެޝަންވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*