މިނިވަން ޗެންޕިއަންޝިޕް 2016: ފައިނަލް މެޗަށް ރަސްމީ އިދާރާތަކުގައި ވެސް ފޯރިހިފައިފި

ޢާންމު ފަރުދުންގެ ތެރެއިން ބައެއް ފަރާތްތަކުން ނިލަންދޫ ޓީމަށް ސަޕޯޓްކޮށް ފޯރި ނެގުމަށް ތައްޔާރުވަމުން ދާއިރު، ނިލަންދޫގައި ހުރި ރަސްމީ އިދާރާތަކުން ވެސް ފުޓްބޯޅައިގެ ފޯރިނެގުމަށް އެކިއެކި ރޭވުންތައް ރާވަމުންއެބަދެއެވެ.

“ނިލަންދެ” އާއި ވާހަކަ ދެއްކެވި ބައެއް ވެރިން ހާމަކުރެއްވި ގޮތުގައި ޓީމާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން އެއްކުލައެއްގެ ހެދުން ލައިގެން މާދަމާ އޮފީހަށް ނުކުތުމަށްވެސް ވިސްނަމުން ދާކަމަށްވެއެވެ.

މީގެ އިތުރުން ނިލަންދޫ ކައުންސިލްގެ މުވައްޒަފުންނާއި މިނިވަން ޗެންޕިއަންޝިޕް ޓާސްކް ފޯސް އިން ބެނާ ހެދުމުގެ މަސައްކަތްވެސް ނިލަންދޫ ކައުންސިލްގައި ކުރަމުންގެންދާ ކަމަށްވެއެވެ. މި މަސައްކަތުގައި ނިލަންދޫ ކައުންސިލްގެ ސިވިލް ސަރވިސް ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް ވަރަށް ޖޯޝާއެކު ބައިވެރިވަމުންދާކަމަށްވެއެވެ.

މިނިވަން ޗެންޕިއަންޝިޕް 2016 ގެ ފައިނަލް މެޗް އޮންނާނީ މާދަމާ ހަވީރު ނިލަންދޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ. ފައިނަލްގައި ބައްދަލުކުރާނީ ނިލަންދޫ އާއި ދަރަނބޫދޫ އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*