ފއތމ ގެ ބެލެނިވެރިންނަށް އަމާޒުކޮށް ހޭލުންތެރި ކުރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފި

ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ފއތމ) ގެ ބެލެނިވެރިންނަށް އަމާޒުކޮށް ހޭލުންތެރި ކުރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް އެމަރުކަޒުން ފަށައިފި އެވެ.

ކޮންމެ ހަފްތާ ބަންދެއްގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކިޔަވައިދޭ މުހިއްމު ބައިތަކުގެ ތެރޭގައި މުޢާމަލާތް ކުރުމުގެ ހުނަރާއި، ހަނގާ ކުރުމާއި، ރުޅި ކޮންޓްރޯލް ކުރުން އަދި ސްޓްރެސް މެނޭޖުމެންޓްގެ އިތުރުން ދަރިން ތަރުބިއްޔަތު ކުރުމުގައި ކޮންމެހެން ބޭނުންވާ ބައިތައް ކިޔަވައި ދެމުންދާކަމަށް ނިލަންދެ.ކޮމް އަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ކިޔަވައިދެނީ ފއތމ ގެ ސީނިއަރ ކައުންސެލަރ ޝަހުލާ މުޙައްމަދު އާއި ކަމުގެ ތަޖުރިބާޙުރި ބައެއް އެހެން ފަރާތްތަކެވެ.

މި ޕްރޮގްރާމްގެ ދަށުން ބެލެނިވެރިންގެ އިތުރުން ސްކޫލު ދަރިވަރުންނަށްވެސް ބައެއް ބައިތައް ނަގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*