މިނިވަން ޗެންޕިއަންޝިޕް 2016: ފޯރިނެގުމަށް ނިލަންދޫއިން ތަފާތު ދައްކަން ތައްޔާރުވަނީ

ނިލަންދޫ ޓީމަށް ސަޕޯޓް ދިނުމުގެ ގޮތުން ނިލަންދޫ ސަޕޯޓަރުން ތަފާތުކަންތައްތަކެއް ކުރުމަށް ތައްޔާރުވަމުން އެބަދެއެވެ. މި މަސައްކަތް ކުރިޔަށް ދަނީ ނިލަންދޫއާއި މާލޭގައި ތިބި ނިލަންދޫ މީހުން ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

ނިލަންދޫ ސަޕޯޓަރުން ކައްކުވާލުމުގެ ގޮތުން ފޯރިގަދަ ލަވައެއް މިހާރުދަނީ ޑަބްކުރަން ތައްޔާރުވަމުންނެވެ. މީގެ އިތުރުންވެސް ޕޮންޕޮން އާއި އެކިވައްތަރުގެ ފޮތިކޮޅުތައް ހެދުމުގެ މަސައްކަތްވެސް ކުރިޔަށް ދާކަމަށްވެއެވެ.

މާލޭގައި ތިބި ފަރާތްތައް އިސްނަގައިގެން ޓީޝާޓްތަކެއް މިހާރުވަނީ ހޯދާފައެވެ. އަދި އެޓީޝާޓުތަކުގައި ޓީމަށް ސަޕޯޓްކުރުމުގެ ގޮތުން ބައެއ ޝިއާރު ލިޔުމަށް ގަސްތުކުރެވިފައިވާ ކަމަށް ވެއެވެ.

ފުޓްބޯޅައިގެ ފޯރިއާއިއެކު މުޅި ނިލަންދޫ ވަނީ އެކަތި ގަނޑަކަށްވެފައެވެ. ފޯރި ނެގުމުގެ ހުރިހާ ޙަރަކާތެއް ވެސް ހިންގަމުން ގެންދަނީ ރަސްމީ ފަރާތެއްގެ އެހީތެރިކަމެއް ނެތި ނިލަންދޫގެ އެކިއެކި ހެޔޮއެދޭ ފަރާތްތަކުގެ އިސްނެގުމުގެ މަތީންނެވެ.

ފައިނަލްގައި އަނެއްކޮޅުން ބައްދަލުކުރާނީ ދަރަނބޫދޫއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*