ކޯލާ-އާނު ފުޓްސަލް މުބާރާތް ކުރިއަށްދާނެ ގޮތުގެ ޝެޑިއުލް ޢާއްމުކޮށްފި

އަޟްޙާ ޢީދާއި ދިމާކޮށް ކޮންމެ އަހަރަކު ދަރަބޫދޫގައި ބާއްވަމުން އަންނަ ކޯލާ އާނު ފުޓްސަލް މުބާރާތް ކުރިއަށްދާނެ ގޮތުގެ ޝެޑިއުލް ޢާއްމުކޮށްފި އެވެ.

ދަރަބޫދޫ ޒުވާނުންގެ ކްލަބުގެ ފަރާތުން ބާއްވަމުން އަންނަ މި މުބާރާތުގެ ޝެޑިއުލް ޢާއްމުކޮށްފައިވައިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު އެވެ.

kaffschedule01

މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ ކޯލާ އާނު ފުޓްސަލް މުބާރާތުގެ 7ވަނަ މުބާރާތެވެ. މިއީ މެދުނުކެނޑި ދަރަބޫދޫގައި ބާއްވަމުންއަންނަ އެންމެ ދުވަސްވީ މުބާރާތެވެ. އަދި މުޅި ފ.އަތޮޅު ނިސްބަތުންވެސް އެންމެ އިންތިޒާމް ރަނގަޅުކޮށް ކުރިއަށް ގެންދާ އެއް މުބާރާތްކަންވެސް ފާހަގަ ކޮށްލެވެއެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 11 ޓީމަކުންނެވެ. އަދި އެޓީމުތައް ބަހާލާފައިވަނީ 3 ގްރޫޕަކަށެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް:

ގަޓް ސިޓީ / ދަރަބޫދޫ

ވެސްޓް ސިޓީ / ދަރަބޫދޫ

ކަސްމީރު ސިޓީ / ދަރަބޫދޫ

ބީސީ ސްޕޯޓްސް / ދަރަބޫދޫ

ބީސީ ޖޫނިއަރސް / ދަރަބޫދޫ

އެންވައިޖީ / ނިލަންދޫ

އެސްޖީސީ / ނިލަންދޫ

3 ހަރުގެ / ނިލަންދޫ

އެފްސީ ފަހުލަވާން / ނިލަންދޫ

ފަހުލަވާން ޖޫނިއަރސް / ނިލަންދޫ

ރިޔޫނިއަން / ބިލެއްދޫ

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*