ބޭނުންކުރަން ފެށުމުގެ ކުރިން މަސްމާރުކޭޓް ވީރާނާވަނީ

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށް މިއަހަރުތެރޭގައި ނިންމައި ނިންދޫ ކައުންސިލާއި މީގެ ފަސްވަރަކަށް މަސްކުރިން ޙަވާލުކޮށްފައިވާ މަސްމާރުކޭޓް ބޭނުންކުރަން ފެށުމުގެ ކުރިން ވީރާނާވާންފަށައިފިއެވެ. ނިލަންދޫ ކައުންސިލާއި ޙަވާލުކުރި ނަމަވެސް، އެނގިފައިވާ ގޮތުގައި 3.2 މިލިޔަން ރުފިޔާގެ މި ޢިމާރާތަށް ނިލަންދޫ ކައުންސިލްގެ އެއްވެސް އަޅާލުމެއް ނެތެވެ.

ޢިމާރާތް ނިލަންދޫ ކައުންސިލާއި ޙަވާލުކުރިތާ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެތަނުގައި ހަދާފައިވާ ދެ ފާޚާނާވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްލާފައެވެ. ދެފާޚާނާގެ ދޮރުތައްވަނީ ހަލާކުކޮށްލާފައެވެ. އަދި ހަމަ އެހެންމެ، މި ޢިމާރާތުގައި ޖަހާފައިވާ ލައިޓްތައްވަނީ، އޭގެ އޮފް ކެނޑި ދަބަރަށްވާން ފަށާފައެވެ.

20160819_120848

މާރުކޭޓުގެ އެއްބަނަ ބުރި ވެފައިވަނީ ބައެއް ކުދިން ބޭނުންކުރާ ޖަގަހަކަށްވެފައެވެ. މީގެ އިތުރުން އެތަނުގައި ކޮންމެވެސް ޒާތަކަށް ބައެއް މީހުންގެ “ދިރިއުޅުން” ވެސް ހަމަޖައްސާ ކަމަށްވެއެވެ.

ކައުންސިލަރަކު ހާމަކުރި ގޮތުގައި، އެ ޢިމާރާތުގެ ބޭނުން ކުރެވެމުން ނުދަނީ އެތަނަށް ކަރަންޓް ލުމަށް އުފެދިފައިވާ ޚިޔާލު ތަފާތުވުމުގެ ސަބަބުންނެވެ. ކައުންސިލުން ބުނަމުން ގެންދިޔައީ އެއީ އެތަނުގެ ކޮންޓްރެކްޓަރ ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓަރ އެކަން ދޮގުކުރެއެވެ. ކޮންމެއަކަސް ކަރަންޓް ލުމަށްޓަކައި، ބޭނުންވާ ކޭބަލް ގަތުގައި އެހެނިހެން ކަންކަމަށް ހިނގާނެ ޚަރަދު ކައުންސިލަށް ޖަމާކޮށްފައިވާތާ ދެތިންމަސް ވެދާނެކަމަށްވެއެވެ.

ސަރުކާރުގެ ބަޖެޓުން ބޮޑު ޚަރަދުކޮށްގެން މިފަދަ މަޝްރޫޢުތައް ހިންގާ، ކައުންސިލާ ޙަވާލުކުރާ ހިސާބުން އެތަންތަން ވީރާނާވަމުން ދާނަމަ ކައުންސިލްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރޭތޯ ބަލަންޖެހެއެވެ. މިތަން ބޭނުންކުރަން ފަށާއިރު، ބޮޑު މަރާމާތެއް މިހާރުވެސް ކުރަންޖެހިފައިވުމުން، މިކަމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުން ތޯއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*