މަގޫދޫ ކުޅުނު ދެވަނަ މެޗުން އެއްވަރުވެ، ފައިނަލަށް ދިއުމުގައި ހުރިހާ ޓީމަކަށް ހަމަހަމަ ފުރުޞަތެއް

މިނިވަން 50 ޗެމްޕިއަންޝިޕްގައި ވާދަކުރާ ދަރަބޫދޫ ޓީމު

މިނިވަން 50 ޗެމްޕިއަންޝިޕް ގައި މިއަދު ހަވީރު މަގޫދޫ ކުޅުނު ދެވަނަ މެޗުންވެސް އެއްވަރު ވެއްޖެ އެވެ.

ވެރިރަށް ނިލަންދޫގައި ކުރިއަށްދާ ފ.އަތޮޅުގެ މެޗްތަކުގެ ތެރެއިން މިއަދު ހަވީރު މަގޫދޫ ކުޅުނު އެޓީމުގެ ދެވަނަ މެޗުން އެއްވަރުވެފައިވަނީ ދަރަބޫދޫ ޓީމާއި ބައްދަލުކޮށް ސުމެއް ސުމެއްގެ ނަތީޖާއިންނެވެ. ދެ ޓީމަށްވެސް ލަނޑު ޖަހާނެ ފުރުޞަތުތައް ލިބުނުއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްޓީމަކަށްވެސް ނަތީޖާ ބަދަލުކޮށްލެވޭ ގޮތްވަނީ ނުވެފައެވެ.

މިމެޗާއިއެކު މަގޫދޫ ކުޅެންޖެހޭ މެޗުތައް ނިމިފައިވާއިރު އެޓީމުންވަނީ ކުޅުނު ދެ މެޗުންވެސް އެއްވަރުވެ 2 ޕޮއިންޓް ހޯދާފައި އެވެ. ދަރަބޫދޫ އަދި ނިލަންދޫ އެއްމެޗު ކުޅެފައިވާއިރު ކޮންމެ ޓީމަކަށްވެސް ލިބިފައިވަނީ 1 ޕޮއިންޓެވެ.

މުބާރާތުގެ ފަހު މެޗުން އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، އެމެޗުގައި ބައްދަލު ކުރާނީ ނިލަންދޫ އާއި ދަރަބޫދޫ އެވެ. އަދި މުބާރާތުގެ ފައިނަލަށް ދާނެ ދެ ޓީމު އެނގޭނީ އެމެޗަށް ފަހު އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*