ނިލަންދޫގެ ހަލާކުވެފައިވާ ބަނދަރު ހިއްކުމަށް އަމާޒުހިފައިފި

ނިލަންދޫގައި މިހާރު ކުރިޔަށްދާ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ހަލާކުވެފައިވާ ކުރީގެ ބަނދަރު ހިއްކުމާ ދިމާއަށް އަމާޒު ހިފައިފިއެވެ. ބިއްހިއްކުމުގެ މަސައްކަތާ ޙަވާލުވެފައިވާ ވިލާގެ މުވައްޒަފަކު ނިލަންދެއަށް މަޢުލޫމާތު ދެއްވަމުން ހާމަކުރެއްވި ގޮތުގައި ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބަނދަރު އެއްކޮށް ހިއްކާ ނިމޭނެއެވެ.

ބަނދަރު ހިއްކަން ފެށުމުގެ ކުރިން ހޮޅިލައިން ގެންދިއުމަށް ބަނދަރުގެ ބޭރުން ވެސް ވަނީ ގާތްގަނޑަކަށް 5 ހާސް އަކަފޫޓުގެ ތަންކޮޅެއް ހިއްކާފައެވެ.

ނިލަންދޫގެ ބަނދަރާ ގުޅިގެން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދު އެއްކޮށް ހިއްކާ ނިމޭއިރު 10 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ނިލަންދު ބަނދަރުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ 10 ހެކްޓަރުގެ ބިންހިއްކުމާއި ބަނދަރުގެ އައްދަށު ވާޓަރު ޖެހުމެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*